މެމްބަރު އިލްހާމް އަޙްމަދަށް ބަޔަކު މިއަދު ހަމަލާ ދީފީ

ދަނގެތި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިލްހާމް އަޙްމަދަށް ބަޔަކު މިއަދު ހަމަލާދީފިއެވެ.އިލްހާމް ވިދާޅުވީ، މިއަދު ހެނދުނު 10:40 ހާއިރު މާފަންނު ފަލާހު ޕްރީ ސްކޫލް ކައިރިން 3 އަހަރުގެ އަންހެން ދަރިފުޅު ގޮވައިގެން ސައިކަލުގައި ވަޑައިގަންނަވަނިކޮށް، އެސަރަހައްދުގައި ހުރި ހޮޓަލަކުން 5 މީހަކު ނިކުމެ އިލްހާމަށް ހަމަލާދީފައިވާ ކަމަށެވެ. އަދި އޭނާގެ ދަރިފުޅަށްވެސް ހަމަލާދީފައިވާކަމަށް އިލްހާމް ވިދާޅުވިއެވެ.ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަޙްޤީގް ކުރައްވަމުންނެވެ. އޭނާގެ އަންހެން ދަރިފުޅަށް ހަމަލާދިން މައްސަލަ ޖެންޑަރ މިނިސްޓްރީން ވެސް ބައްލަވަން ޖެހޭނެކަމަށް މެމްބަރު އިލްހާމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ