އެމެރިކާއާއި ދެމެދު އޮންނަ ގުޅުންތައް ކަނޑާލުމަށް ގޮވާލާ ތުނީސިޔާގެ ރައްޔިތުން މުޒާހަރާކޮށްފި

އެމެރިކާއާއި ތުނީސިޔާއާއި ދެމެދު އޮންނަ ގުޅުންތައް ކަނޑާލުމަށް ގޮވާލާ ތުނީސިޔާގެ ރައްޔިތުން އިއްޔެ މުޒާހަރާކޮށްފިއެވެ. މި މުޒާހަރާކޮށްފައިވަނީ ތުނީސިޔާގައި ހުންނަ އެމެރިކާގެ އެމްބަސީ ކައިރީގައެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން ކަރުނަ ގޭސް ބޭނުން ކޮށްފައި ވެއެވެ.މިމުޒާހަރާގައި އެމެރިކާއާއި ތުނީސިޔާއާއި ދެމެދު އޮންނަ ގުޅުންތައް ކަނޑާލުމަށް ގޮވާލައިފައިވަނީ އެމެރިކާއިން ތައްޔާރު ކުރި ފިލްމެއްގައި ކީރިތި ރަސޫލާއަށް ފުރައްސާރަ ރައްދުކޮށްފައިވާތީއެވެ.އެމެރިކާއިން އިސްލާމް ދީނާއި ދެކޮޅަށް ހިންގި މަ ބޮޑު ޖަރީމާއާއި ގުޅިގެން ތުނީސިޔާގެ އިތުރުން، މިޞްރުގައާއި، ސޫދާނުގައި، އަދި މޮރޮކޯއާއި ލީބިޔާގައިވެސް ވަނީ މުޒާހަރާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ