ޓްރެފިކަށް އެންމެ ދަތިވާނެ ގޮތަށް މަގު ކޮންނަނީ ރައްޔިތުން ރުޅިގަދަކުރުވަން؟

މިއަދު ހެނދުނު 8:00 ވެގެން އައިއިރު އަމީނީ މަގުން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު ހުންނަ ސަރަހައްދު އޮތީ ވެހިކަލްތަކުން ތޮއްޖެހިފައެވެ. ފިތިބާރުވެފައެވެ.
މަގުގެ އެއްފަޅީގައި ބައަކު ކޮންނަނީއެވެ. ހަަމ އެދިމާގައި އޮތީ އެމަސައްކަތާއިގުޅޭ ޕިކަޕެއް ޕާކުކޮށްފައެވެ. އެ ޕިކަޕް ކުޑަ ތަންކޮލެއް ކުރިއަށް ނުވަތ ފަހަތަށް ޖައްސާލާފައި އޮން ނަމަވެސް ޓްރެފިކް އެވަރަށް ތާއްޓެއް ނުވީހެވެ.
ޕިކަޕްގައި ހުރީ މަގު ކޮންނަން ބޭނުންކުރާ އާލާތެއް ނޫނެވެ. އެހެން ކޮންމެވެސް ސާމާނުތަކެކެވެ.
މިކަމާއި ގުޅިގެން ޓްރެފިކް ފުލުހަކާއި ވާހަކަދައްކައިލުމުން ބުނީ ކޮންމެ ކަމެއް ރަނގަޅުކުރަންޖެހެނީ ފުލުހުން ގޮސް ބުނެގެން ނޫން ކަމުގެ އާދަ އުފައްދަންޖެހިފައިވާ ކަމަށެވެ. ސަލާމަތް ބުއްދީގެ ބޭނުންކުރާނމަ މިފަދަ މައްސަލަތައް ކުރިމަތިވުން މަދުވާނެ ކަމަށެވެ.
އޭނާ އެބުނީ ހަމަ ހައްޤު ބަހެކެވެ. ނަމަވެސް ހިތާމައަކީ ސަރުކާރުގެ ނުވަތަ ކުންފުންޏެއްގެ އިސް މަޤާމެއް ލިބުމުން ރައްޔިތުންނާއިމެދު ވިސްނައިލާ ވެރިން މަދުކަމެވެ. އެފަދަ ވެރިން ތިބޭނަމަ މިފަދަ މައްސަލަތައް ކުރިމަތިވުން މަދުވާނެ ދޮގެއްތޯއެވެ!
މަގު ކޮނުމަކީ ކުރަންޖެހޭނެ ކަމެކެވެ. ނަމަވެސް އެކަންކުރާއިރު މަގަށް ވީހައިވެސް ދަތި ނުވާނެ ގޮތަށް ކަންކަން ކުރަން ސަމާލުކަން ނުދެވޭނަމަ އެކަމުގެ ނަފްރަތު ގިނަ ބައަކު ކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ