މައުމޫން އަމަލުކުރައްވަނީ ޑިމޮކްރަސީއަކަށް ނޫން: ޝައިނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން އަމަލުކުރައްވަމުން ގެންދަވަނީ ޑިމޮކްރަސީއާއި އެއްގޮތަށް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވި އެވެ.
ސަރުކާރުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝައިނީ ވިދާޅުވީ ސަރުކާރާ ދެކޮޅަށް ހަރަކާތްތަކެއް ފަށައިގެން އުޅޭ ކަމަށް ކަރުދާހެއްގައި ސޮއިކޮށްގެން ރައީސް މައުމޫނު އުޅުުއްވާއިރު ކޯޓުގެ ތިން މަރުހަލާ އިން ޕާޓީގެ ރައީސްގެ ބާރުތައް މައުމޫނުގެ އަތުން ނަގާފައިވާ ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ ވޯޓުގެ ކަންކަން ދިޔައީ އުސޫލްތަކުން ބޭރުން ކަމަށް ވާހަކަ ދައްކަމުން ދާ އިރު، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް އޮތް ގޮތްތައް ވެސް ބަލަން ޖެހޭ ކަމަށް ވެސް ޝައިނީ ވިދާޅުވިއެވެ.
"އެހެންވީމަ ޕީޕީއެމްގެ ތައްގަނޑު ބޭނުންކުރައްވައި އެއްޗެއްގައި ސޮއި ކުރައްވައި އެއްޗެހިތަކެއް ނެރުއްވިއަސް އެއީ ޑިމޮކްރަސީ ހަރުދަނާކުރަން މަސައްކަތް ކުރަން ގޮވާލާ ފަރާތްތަކަކުން ސައިޑްކުރާ އެއްޗަކަށް ވީމަ އެއީ ސަރުކާރަށް ގަބޫލުކުރަން އުނދަގޫ އެއްޗަކަށް ވޭ."ޝައިނީ ވިދާޅުވިއެވެ.
ރައީސް މައުމޫން ވަނީ އިދިކޮޅު ފަރާތްތަކާ އެކު އެއްބަސްވުމެއް އެކުލަވާލައި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ