ފުވައްމުލަކަށް ހައި ވޮލްޓޭޖުގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ޓްރާސްފޯމަރު ހަލާކުވުމުން، އެ ރަށުގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް މިއަދު އަލުން ކަރަންޓު ދޭން ފަށައިފި އެވެ.
ފެނަކައިން ބުނީ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އައްޑޫން 4،500 ކިލޯވޮޓުގެ ޓްރާންސްފޯމަރެއް ގެންގޮސް އިންސްޓޯލްކޮށްފައިވާ ކަމަށެވެ. މިއާއެކު ފުވައްމުލަކުގެ ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ މަސައްކަތް ކުރުމަށް މިއަދު މެންދުރު އެ ރަށުން ވަނީ ތިން ގަޑިއިރަށް ކަރަންޓު ކަނޑާލާފައެވެ.
Fuvahmulakah dhimaavi karantu massala hahlu kurumah gendhevunu 4500KVA ge transformer install kurumah fahu mulhi rashah karantuge hidhumai mihaaru vany dhevifai.Rayyithunge faraathun dhevvi ehbaarulumaai keiytherikan faahagakoh shukuru dhannavameve. pic.twitter.com/SPEvjIlA5G— Fenaka Corporation Ltd (@TeamFenaka) August 5, 2021
މިދިޔަ ހޯމަ ދުވަހު ފުވައްމުލަކުން ކަރަންޓު ކެނޑުނީ އެ ރަށުގައި ބޭނުން ކުރަމުން ދިޔަ ޓްރާންސްފޯމާއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. އަދި އޭގެ ފަހުން އެ ރަށަށް ވަގުތީ ހައްލެއް ހޯދައިދިން ނަމަވެސް ފެނަކައިން ވަނީ ކޮންމެހެން ބޭނުުންކުރަން ޖެހޭ ކަރަންޓުގެ އާލާތްތައް ނޫނީ ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.
ފެނަކައިން ވަނީ އެ ސިޓީގެ ރައްޔިތުން ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ.
ފުވައްމުލަކަށް ދިމާވި ކަރަންޓުގެ މައްސަލަ ފެނަކައިން ހައްލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ