މަގުބޫލު ލިޔުންތައް ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު ޝާޑު ފިޓްވެ ހިކުނު ސަބަބަކީ މިއީ އިރުތިޝާމުގެ ތަފާތު ޓުވިޓެއް! ވާޖިދްހާންގެ މަރަށް ދުވަސްތަކެއް ވީފަހުން އަނބިމީހާ ބޮޑު ސިއްރެއް ހާމަކޮށްފި! ދިވްޔާގެ މަރާއެކު އޭނާގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަ!

ސ. ހުޅުދޫ ހެލްޕިންގ ސޯޝަލް ކެއާ (އެޗް.އެސް.ސީ) ގެ ފަރާތުން ކުރިއަށް ގެންދިޔަ ނޭޗާ އާރޓް ހޭންޑް ޕެއިންޓިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ޑިސެމްބަރ 26 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރ 30 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިޔަ މި ކޯހުގައި ހުޅުދޫ މީދޫ އިން ޖުމްލަ 40 ދަރިވަރުންވަނީ ބައިވެރިވެފައެވެ.  ހޭންޑް ޕެއިންޓް ކުރެހުމުގެ ހުނަރު ދަސްކޮށްދިނުމުގެ ގޮތުން އެޗްއެސްސީގެ ފަރާތުން ކުރިއަށް ދިޔަ މި ކޯހާއި ބެހޭގޮތުން އެ ޖަމްޢިއްޔާއިން ބުނީ މި ކޯހުގެ މަގުސަދަކީ ކުރެހުމުގެ ހުނަރަށް ޝައުގުވެރިކަން ހުރި ކުދިންނަށް އެ ފުރުސަތު ހޯދައިދިނުމާއި އެކު ޗުއްޓީގެ ބޭނުން ފައިދާ ހުރި ގޮތުގައި ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ބޭއްވި ކޯހެއް ކަމަށެވެ.
މި ކޯހުގައި ބައިވެރިވި ކުދިންނަށް ހޭންޑް ޕެއިންޓިންގެ ގިނަ ހުނަރުތަކައް ދަސްވެގެން ދިޔަކަމަށް ބެލެނެވެރިން ފާހަގަކޮށްފައިވާއިރު 2021 ވަނަ އަހަރުވެސް ހޭންޑް ޕެއިންޓިންގ ކޯސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް އެޗްއެސްސީ އިން ވަނީ ބުނެފައެވެ، އަދި އެ ޖަމްޢިއްޔާއިންވަނީ މި ކޯސް ކުރިއަށް ގެންދިއުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ