ރާއްޖެއަށް އަދިި ޑިމޮކްރެސީއެއް ނާދޭ: ޝަހީދު

ރާއްޖެއަށް އަދި ޑިމޮކްރަސީ ނާންނަ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.ޑރ. ޝަހީދު ވިދާޅުވީ ޑިމޮކްރެސީއަކީ ހަމަ އެކަނި ވޯޓުލުން ނޫން ކަމަށެވެ. އަދި ޕާޓީ އުފެއްދުމެއްވެސް ނޫން ކަމަށެވެ.ޑރ. ޝަހީދު ވިދާޅުވި ގޮތުގައި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން އަސާސީ ހައްގުތައް ހިމާޔަތް ނުކުރެވޭ ގައުމަކު ޑިމޮކްރެސީއެއް ނޯންނާނެއެވެ. އަދި ރާއްޖޭގައި މިއޮތީ ޑިމޮކްރެސީގެ ނިޒާމެއް ނޫން ކަމަށާއި އެފަދަ ނިޒާމެއް އަދި ރާއްޖެއަށް ނާންނަ ކަމަށް ވިދާޅުވިއެވެ." ވަރަށް ބޮޑަށް މާފުކުރައްވާ! ރާއްޖެއަކަށް އަދި ޑިމޮކްރެސީ އެއް ނާދޭ! ރޫލް އޮފް ލޯ އާއި އަސާސީ ހައްގުތައް ހިމާޔަތް ނުކުރެވޭ ގައުމަކީ ޑިމޮކްރަސީއެއް ނޫން،" ޑރ. ޝަހީދު ވިދާޅުވިއެެވެ. އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕުގެ ސަޕޯޓަރުން ކޮންގްރެސްގެ އިމާރާތުގައި އިއްޔެ ހަމަނުޖެހުން ހިންގުމާއި އަދި އެކަމާ ބެހޭގޮތުން ޓްރަމްޕު ކުރެއްވި ޓްވީޓްތަކަކާ ގުޅިގެން އެމެރިކާއަކީ ޑިމޮކްރަސީގެ "ބައްޕަ" ތޯ ބުނާބުނުމަށް ސުވާލުކޮށް އެމެރިކާގެ ސަރުކާރަށް އަންނަނީ ބޮޑެތި ފާޑު ކިޔުންތައް ކިޔަމުންނެވެ.އެމެރިކާގެ ޓީވީ ޗެނަލްތަކުން މިކަން ސިފަކުރަމުންދަނީ އެ ގައުމުގެ ތާރީޚުގައި ވެސް ފެނިފައި ނުވާ ފަދަ ދުވަހެއްގެ ގޮތުގަ އެވެ. ހަމަނުޖެހުންތަކާ ދޭތެރޭ ހިތާމަކޮށް، އެކި ފަރާތްތަކުން ބުނަމުންދަނީ މިއީ ދުނިޔޭގެ ކުރިމަތީގައި އެމެރިކާގެ އަގު ވެއްޓިގެންދާނެ، ލަދުގަންނަން ޖެހޭ ވަރު ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ