ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓުތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށާއި، ކްރިމިނަލް ކޯޓުގެ އެ އަމުރު ބާތިލް ކުރުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދު ކޮށްފިއެވެ.
ސުުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ، އޭސީސީން ތަހުގީގުކުރި މައްސަލައެއްގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ރައީސް ޔާމީން ހުޅުވާފައިވާ އެކައުންޓަކަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ 1 މިލިއަން ޑޮލަރު ވަދެ، އެފައިސާ، އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް ވެވުނު އެއްބަސްވުމުގެ ދަށުން، އެހެން ގޮތަކަށް ހޯދި އެއް މިލިއަން ޑޮލަރު ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވާތީ، މިކަމުގެ ތަހުގީގު ފުލުހުން ކުރަމުންދާތީ، ރައީސް ޔާމީންގެ އިސްލާމިކް ބޭންކުގައި އޮތް 8 އެކައުންޓެއް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ނެރެފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ނުފެންނަ ކަމަށެވެ. އަދި ހައިކޯޓުން ކްރިމިނަލް ކޯޓުގެ އެއަމުރު ބާތިލް ކަމަށް ނިންމި ނިންމުމަށްވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ތާއީދު ކުރައްވާފައެވެ.
އިތުރު ތަފްސީލް އަންނަނީ ...
ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން ނެރުނު އަމަރު ސުޕްރީމް ކޯޓުން ބާތިލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ