މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ.މުހައްމަދު މުއިއްޒު ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވިސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް ސޮއިކުރައްވައިފި އެވެ.
މުއިއްޒު އެމްޑީއޭއަށް ސޮއި ކުރައްވާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުއެވެ.
މުއިއްޒު އަކީ ކުރިން އަދާލަތު ޕާޓީގެ މެންބަރެކެވެ. މުއިއްޒު ހުންނަވަނީ އެމްޑީއޭގެ ސްލޮޓެއްގަ އެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ވެސް އޭނާ ވަނީ މި މަގާމު ފުރުއްވާފައެވެ. މުއިއްޒަކީ ކުރިން އަދާލަތު ޕާޓީގެ ސެކެރެޓަރީ ޖެނެރަލްކަން ވެސް ކުރެއްވި އެވެ.
މުއިއްޒު އެމްޑީއޭއަށް ސޮއިކުރައްވާފައިވާއިރު މިހާރު ސަރުކާރު ހިންގަނީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުންނެވެ. މީގެކުރިން ޖުމްހޫރީ ޕާޓީ އާއި އެކު ހަދާފައިވާ ކޯލިޝަން ރޫޅިފައިވާ ކަމަށް ޕީޕީއެމުން ވަނީ ހާމަކޮށްފައެވެ.
މި ނިންމުމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް ވަނީ މަގާމުން ވަކިކުރައްވައިފަ އެވެ. އަދި އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ޕީޕީއެމްއަށް ސޮއިކުރައްވާފަ އެވެ.
ޖޭޕީ ސްލޮޓްގައި މިހާރު ތިއްބެވި ދެމިނިސްޓަރުންނަކީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އެދެބޭފުޅުން މަގާމުން ވަކި ކުރެއްވުމާއި މެދު ގޮތެއް ނިންމަވާފައިނުވާއިރު އެބޭފުޅުން ދަނީ އޮފީހަށް ނިކުންނަވަމުންނެވެ.
ހައުސިން މިނިސްޓަރު މުއިއްޒު އެމްޑީއޭއަށް ސޮއިކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ