މިނިސްޓަރ އޮފް ހޯމް އެފެއާރޒް އުމަރު ނަސީރު ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރު އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބަލައި ނުގަނެވޭނެ ކަމަށް ހައި ކޯޓުން ހާމަކޮށްފި އެވެ.
މިކަމާއި ގުޅޭ ގޮތުން ހައިކޯޓުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އުމަރު އިސްތިއުނާފަށް ހުށަހެޅި ކޯޓު އަމުރުގެ މައްސަލަ ބަލައިނުގަތުމަށް ނިންމާފއިވަނީ ކޯޓް އަމުރަކީ ގާނޫނު އަސާސީގެ 56 ވަނަ މާއްދާގައި ބުނެފައިވާ ފަދަ ހުކުމެއް ނުވަތަ އަމުރަކަށް ނުވާތީ ކަމަށާއި މިގޮތަށް ނިންމީ ހައިކޯޓުން މީގެ ކުރިން މިފަދަ މައްސަލައެއްގައި ގޮތެއް ނިންމާފައިވާތީ އެ ގަޒިއްޔާގެ ދަށުން ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު އުމަރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާއިރު އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އުމަރު ހުށަހެޅީ އިއްޔެގެ ވަގުތެއްގައެވެ.
އުމަރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުންއަމުރު ނެރުނީ ރަސްމީ ދަތުރުފުޅެއްގައި ނެދަލެންޑްސްގައިހުންނަވަނިކޮށެވެ. އެ ދަތުރުފުޅަކީ ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތިދެނެގަތުމަށް ބޭނުންވާ ކުއްތާހޯދުމުގެ އެންމެ ފަހުގެ ނިންމުންތައް ނިންމުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް މީގެ ކުރިން ހޯމްމިނިސްޓްރީން ބުނެފައިވާއިރު އެ މިނިސްޓްރީއިން ބުނެފައިވަނީ އެ ދަތުރުފުޅުނިންމަވާލެއްވުމަށްފަހު އުމަރު މާލެ ވަޑައިގަންނަވާނީ މިއަދު ކަމަށެވެ.
އުމަރުގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު، އޭރުގެ އިދިކޮޅު ފަރާތްތަކުންކުރި މުޒާހަރާއެއްގައި ދައުލަތުގެ އަމާންކަމަށް ގެއްލުން ލިބިދާނެ ފަދަވާހަކަދެއްކެވި ކަމަށް ބުނެއެވެ. ނަމަވެސް އެ ދައުވާއަށް އެނާ ވަނީއިންކާރު ކުރައްވާފައެވެ.
އުމަރު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ނެރުނު އަމުރާއި ގުޅޭގޮތުން ފުލުހުންނާއި ކްރިމިނަލް ކޯޓުންވެސް މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އުމަރު އިސްތިއުނާފަށް ހުށަހެޅި މައްސަލަ ބަލައެއް ނުގަނެވޭނެ – ހައިކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ