ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ހަތަރު ބޭފުޅަކު ކުރިމަތިލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ހުޅުވާލި މުއްދަތު ހަަމަވިއިރު ކުރިމަތިލެއްވީ ހަތަރު ބޭފުޅުން އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލީ މިއަދުގެ މެންދުރުފަހު 3:00 އަށެވެ.
މުއްދަތު ޖެހުނުއިރު ކުރިމަތިލީ ހަތަރު ބޭފުޅުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް ކުރިމަތިލީ ބޭފުޅުންގެ މައުލޫމާތު އެ ކޮމިޝަނުން ހާމަކޮށްފަ އެވެ.
ވީނިއުސް އަށް އެނގިފައިވާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ބޭފުޅުންނަކީ ޕީޕީއެމްގެ ފަރާތުން އެޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިޝް މައުމޫނާއި އެމްޑީޕީގެ ފަރާތުން މ. މަޑުއްވަރީ، ކާނިގޭ، އަހްމަދު ރާޒީއާއި، ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބް ރައީސްގެ ގޮތުގައި ކުރިން ހުންނެވި އަދި މ. އަތޮޅު ކައުންސިލްގެ މެންބަރު މޫސާ ނަސީރު އަހްމަދު އެވެ. ޕީޕީއެމަށް ނިސްބަތްވާ ނަސީރު އިންތިހާބަށް ކުރިމަތިލެއްވީ އަމިއްލަ ގޮތުންނެވެ. ދެން މި އިންތިހާބުގައި ވާދަކުރައްވަނީ ޝަމީމް އަލީ ކިޔާ ބޭފުޅެއް ކަމަށް އެނގިފައިވެ އެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމުގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ މައްސަލަ ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށް ލުމުންނެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަަމަޖައްސާފައިވަނީ ކުރިއަށް އޮތް ޖޫން މަހުގެ ހަވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ