ސިއްހީ ހިދުމަތްދޭ ތަންތަނަށް އަލުން އާސަންދަގެ ހިދުމަތް ހުޅުވާލާފައިވާ ކަމަށް އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުއްސަމަދު ވިދާޅުވެއްޖެ އެވެ.
މައުމޫން މިއަދު ވިދާޅުވީ ހުރިހާ ހޮސްޕިޓަލާއި ކްލިނިކްތައް އަދި ސިއްހީ ހިދުމަތްދޭ އެހެނިހެން ތަންތަނަށް ވެސް ކުރިއެކޭ އެއްގޮތަށް އާސަންދަގެ ހިދުމަތް ދިނުމަށް ހުޅުވާލާފައިވާ ކަމަށާއި އެގޮތުން އިއްޔެއިން ފެށިގެން އެ ތަންތަނުން އާސަންދަގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ހުޅުވާލި ނަމަވެސް ދެތަނަކުން އަދިވެސް ހިދުމަތް ނުފަށާ ކަމަށެވެ.
"ރައީސް އޮފީހުގެ އެދުމުގެ މަތިން އަޅުގަނޑުމެން ވާނީ އަލުން ހުރިހާ ތަނަކަށް އާސަންދަގެ ހިދުމަތަށް ހުޅުވާލާފައި. އަދި އެންމެ ހޮސްޕިޓަލަކާއި އިތުރު ތަނެއް ފިޔަވާ އެހެން ހުރިހާ ތަނަކުން މިހާރު އާސަންދަ ލިބޭނެ،" މައުމޫން ވިދާޅުވި އެވެ.
އާސަންދަގެ ހިދުމަތް އަމިއްލަ ތަންތަނަށް އަނެއްކާ ވެސް ދޭން ފަށާފައިވީ ނަމަވެސް އޭޑީކޭ ހޮސްޕިޓަލުން އެ ހިދުމަތް އަދިވެސް ނުފެށޭ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. ނަމަވެސް މައުމޫން ވިދާޅުވީ އާސަންދައިން އެދެނީ އޭޑީކޭއިން ވެސް ކުރިއެކޭ ވެސް އެއްގޮތަށް ހިދުމަތަށް ރުޖޫއަވެ އާންމު އެންމެނާ ގުޅިފައިވާ މި ހިދުމަތް ވީހާވެސް އަވަހަކަށް ފެށުމަށެވެ. އަދި އެފަރާތުން ވާހަކަ ދައްކާ މަޝްވަރާ ކުރަން ބޭނުންވާ ކަމެއް އޮތް ނަމަވެސް ހިދުމަތަށް ފަހު އެކަމަކާ ގުޅިގެން މަޝްވަރާތައް ކުރިޔަށް ގެންދިއުމަށެވެ.
ހުރިހާތަނަކަށް މިހާރު ވާނީ އާސަންދަ ހުޅުވާލާފައި: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ