ޖުމްލަ ރިޒާވު ދަށަށް ދިޔަ ނަމަވެސް، ބޭނުންކުރެވޭ ރިޒާވަށް ކުޑަ އިތުރުވުމެއް

އޭޕްރިލް މަހުގެ ތެރޭގައި ސުކޫކަށް ފައިސާ ދެއްކުމާ ގުޅިގެން ރިޒާވަށް އައި ހީނަރުކަމަށް ފަހު، ނިމުނު މަހުގެ ތެރޭގައި ބޭނުންކުރެވޭ ރިޒާވަށް އަށް މިލިއަން ޑޮލަރުގެ އިތުރުވުމެއް އައިސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 
އެމްއެމްއޭއިން އާންމުކޮށްފައިވާ ނިމުނު މަހުގެ ރިޒާވު އަދަދުތަކުގައިވާ ގޮތުގައި މިދިޔަ މަހު ބޭނުންކުރެވޭ ރިޒާވު އިތުރުވިޔަސް، ޖުމްލަ (ގްރޮސް) ރިޒާވު ވަނީ އޭގެ ކުރީ މަހަށް ވުރެ ދަށްވެ، 704.7 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. 
ޖުމްލަ ރިޒާވު ދަށަށް ދިޔަ ނަމަވެސް، ބޭނުކުުރެވޭ ރިޒާވު މަތިވީ މިދިޔަ މަހުގެ ތެެރޭގައި ކުރު މުއްދަތުގެ ދަރަނީގެ ގޮތުގައި ދައްކަން ޖެހުނު އަދަދު ދަށްވުމާއި ބޭންކުތަކުގައި އެމްއެމްއޭއިން އިންވެސްޓުކޮށްފަ ހުރި އަދަދަށް ބަދަލެއް ނާންނާތީ އެވެ.
މިދިޔަ މަސް ނިމުނުއިރު ކުރު މުއްދަތުގެ ދަރަނީގެ ގޮތުގައި ބޭރުވާ ފައިސާގެ އަދަދު 548.7 މިލިއަން ޑޮލަރުގައި ހުރިއިރު، އިންވެސްޓުކޮށްފަ ހުރީ 96.5 މިލިއަން ޑޮލަރެވެ. އަދި، ބޭނުންކުރެވޭ ރިޒާވުގައި ހުރީ 252.5 މިލިއަން ޑޮލަރެވެ.
ސުކޫކަށް ފައިސާ ދެއްކުމާއި އިންޑިއާގެ ކަރަންސީ ސްވޮޕް އަނބުރާ ރައްދުކުރުމާ ގުޅިގެން، ޖުމްލަ ރިޒާވް 1.33 ބިލިއަން ޑޮލަރުން 717 މިލިއަން ޑޮލަރަށް ވަނީ ތިރިވެފަ. މީގެ އިތުރުން ބޭނުންކުރެވޭ ރިޒާވް 244 މިލިއަން ޑޮލަރަށް ދަށަށް ގޮސްފައިވާއިރު، ޓޫރިސްޓުން އައުން މަދުވުމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ވެސް ވަނީ ނޭދެވޭ އަސަރުތަކެއް ކުރަން ފަށާފަ.
ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮަލަރަށް ތިރިވެފައިވާއިރު، ސުކޫކު އަނބުރާ ދެއްކުމުގެ ކުރިން ރެކޯޑު އަދަދަކަށް ބޭނުންކުރެވޭ ރިޒާވު މަތިވި އެވެ.
ރިޒާވުގެ ހާލަތަށް މި އަހަރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އިރާނު ހަނގުރާމައާ ގުޅިގެން ޓޫރިސްޓުން އައުން މަދުވެ، ޑޮލަރު އާމްދަނީ ދަށް ވުމާ ގުޅިގެންނެވެ. 
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ބޭނުންކޮށްގެން އަދަދު ނޫހުން ހެދި ހިސާބުތަކުން ދައްކާ ގޮތުގައި މެއި މަހުގެ ނިޔަލަށް އެ އިދާރާއިން ބަލައިގަތީ 721 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރަށް ވުރެ 48 މިލިއަން ޑޮލަރު އިތުރު އަދަދެއް ނަމަވެސް، އެއީ މި އަހަރުގެ މާޗު މަހު ރެކޯޑު އަދަދަކަށް އާމްދަނީ ލިބުމާ ގުޅިގެން ފެންނަ ތަފާތެކެވެ. 
މާޗުގައި ޓޫރިޒަމަަށް އައި ލޮޅުމާއެކީ، ނަމްބަރުތައް ސޮއްސާލައި، އެއާ އެކުއެކީ ދައުލަތުގެ އާމްދަނީ ވެސް ވަނީ ސޮއްސާލާފަ އެވެ. މިއާ ގުޅިގެން ވޭތުވި ދެ މަހު ޑޮލަރުން ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މަސްމަހާ އަޅާބަލާއިރު، މަދެވެ. އަދި، މިދިޔަ މަހު ޑޮލަރުން ލިބުނު އަދަދު ވަނީ މި އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް 100 މިލިއަން ޑޮލަރުން ދަށަށް ގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ