ޓްރަމްޕްގެ 'އެންޓި-ވެޕަނައިޒޭޝަން' ފަންޑު އެމެރިކާގެ ކޯޓަކުން ހުއްޓުވައިފި

އެމެރިކާގެ ސަރުކާރުން ނުފޫޒު ފޯރުވައިގެން ގެއްލުންދީފައިވާ ފަރާތްތަކަށް ބަދަލުދިނުމުގެ ނަމުގައި ޑޮނަލްޑް ޓްރަމްޕްގެ އިދާރާއިން އުފައްދަން އުޅުނު 1.8 ބިލިއަން ޑޮލަރުގެ "އެންޓި-ވެޕަނައިޒޭޝަން" ފަންޑުގެ މަސައްކަތްތައް އެމެރިކާގެ ފެޑެރަލް ފަނޑިޔާރަކު ވަގުތީގޮތުން ހުއްޓުވައިފިއެވެ.
މި ފަންޑާ މެދު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރިޕަބްލިކަން މެންބަރުންގެ މެދުގައިވެސް ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. ހާއްސަކޮށް 2021 ޖެނުއަރީ 6 ގައި ކެޕިޓޮލްއަށް ހަމަލާދިން މީހުންނަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ބަދަލު ލިބިދާނެތީ ގިނަ ބަޔަކު ދަނީ މިއީ ޓްރަމްޕްގެ ސިޔާސީ ބައިވެރިންނަށް ފައިސާ ބަހަން ހަދާފައިވާ ފަންޑެއްގެ ގޮތުގައި ފާޑުކިއަމުންނެވެ.
މި ފަންޑު އުފެއްދުމުގެ އަސްލަކީ ޑޮނަލްޑް ޓްރަމްޕްގެ ޓެކްސް ރެކޯޑްތައް ލީކުވި މައްސަލައިގައި، އެމެރިކާގެ ދާޚިލީ ރޭވުންތަކާބެހޭ އިދާރާ (އައި.އާރު.އެސް) އާ ދެކޮޅަށް އޭނާ ކުރި ދައުވާ ސުލްހަވެރިކަމާއެކު ނިންމާލުމަށް މިދިޔަ މޭ މަހުގެ 18 ގައި ޖަސްޓިސް ޑިޕާޓްމަންޓުން ވީ އެއްބަސްވުމެކެވެ.
މި ފަންޑު ހުއްޓުވަން ކޯޓަށް ހުށަހެޅި ތިން މައްސަލައިގެ ތެރެއިން "ޑިމޮކްރަސީ ފޯވާޑް" ޖަމާއަތުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ސަރުކާރުގެ ފައިސާ ސިޔާސީ ބޭނުންތަކަށް ހޭދަކުރުމުގެ ބާރު އެއްވެސް އިދާރާއަކަށް ލިބިގެން ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ