ރަށެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓުނު ކުޑަކުއްޖާއަށް ބޭރުފުށުން އަނިޔާއެއް ލިބިފައި ނެތް ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީކިިހިނެއް؟ - ފުލުހުން ރޭ ބުނި ގޮތުގައި، އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓުނު ހާދިސާ ހިނގީ މެދުރާއްޖެތެރޭގެ ރަށެއްގަ އެވެ. ކުޑަކުއްޖަކު ހިމެނޭ ހާދިސާއަކަށް ވާތީ، އެ ކުއްޖާގެ ޒާތީ އިތުރު މައުލޫމާތާއި ހާދިސާ ހިނގި ރަށެއް ފުލުހުން ނުބުނެ އެވެ.
ތަފްސީލް - ދެވަނަ ފަންގިފިލާއިން ކުޑަކުއްޖަކު ވެއްޓުމުން، އެ ކުއްޖާގެ ހާލަތާ ގުޅޭ ގޮތުން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް 'ދައުރު'އަށް ވިދާޅުވީ ރޭގެ ވަގުތެއްގައި މާލެ ގެނެސް، އައިޖީއެމްއެޗުން ޑޮކްޓަރަކަށް ދައްކާފައިވާ ކަމަށެވެ.
"ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް މައުލޫމާތު ދިން. އަދި އެ ކުއްޖާގެ ހާލު ވެސް ވަރަށް ރަނގަޅު،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެއީ 11 އަހަރުގެ ކުޑަކުއްޖެކެވެ.
2 ވަނަ ބުރިން ވެއްޓުނު ކުޑަކުއްޖާއަށް އަނިޔާއެއް ނުވޭ، ހާލު ރަނގަޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ