ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅު ގާނޫނު އިތުރަށް ހަރުކަށިކޮށް، މަރުގެ އަދަބު ދޭ ގޮތަށް ހަމަޖައްސާފައިވާކަން ފާހަގަކޮށް އެންސީބީން ވަނީ އެ ގައުމުގެ ރައްޔިތުންނަށް އިންޒާރު ދީފައެވެ.
ރާއްޖޭގެ ގާނޫނުތައް ބުނާގޮތުން މަސްތުވާތަކެތީގެ ކުޑަ މިންވަރެއް އަތުން ފެނުނަސް ބޮޑެތި އަދަބުތައް ލިބެއެވެ. ސީރިއަސް ކުށްތަކަށް އުމުރަށް ޖަލަށްލުމާއި މަރުގެ އަދަބު ދިނުން މިހާރު ވަނީ ގާނޫނުގައި ހިމަނާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކަންކުރާ ގޮތަށް، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ވިއުގަތައް ނައްތާލައި، އެފަދަ ކުށްތައް ހުއްޓުވުމަށް ސަރުކާރުން މިހާރު ދަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އިންޑިއާ މީހުން އިތުރުވާތީ އެޑްވައިޒަރީއެއް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ