ސްޕޯޓްސް އެވޯޑުގެ އެންމެމޮޅު ކުޅިވަރު ނޫސްވެރިއަކަށް ޝާހް

މޯލްޑިވްސް ސްޕޯޓްސް އެވޯޑު 2024 ވަނަ އަހަރުގެ އެންމެމޮޅު ކުޅިވަރު ނޫސްވެރިޔާގެ އެވޯޑް އިސްމާއީލް ޝާހަށް ލިބިއްޖެއެވެ.
އެންމެމޮޅު ކުޅިވަރު ނޫސްވެރިޔާގެ އެވޯޑަށް ޝާހް އާ ވާދަކުރީ ވަން އޮންލައިނުގެ މުހައްމަދު ޝައްމޫނެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ އެވޯޑް ޝާހްއަށް ލިބުނުއިރު، އޭނާ ވަނީ 2024 ވަނަ އަހަރުގެ އެ އެވޯޑަށްވެސް ނޮމިނޭޓް ވެފައެވެ. އެފަހަރު ޝާހް އަދި އަޒްމީން އާ ވާދަކޮށް އެވޯޑް ގެންދިޔައީ ސްޕޯޓްސް އެޑިޓަރު، އައްޒާމް އަލިފުޅެވެ.
ޝާހް އެންމެ ފުރަތަމަ ކުޅިވަރު ނޫސްވެރިކަމަށް ނިކުމެފައިވަނީ 2012 ވަނަ އަހަރު ހާމަ ނޫހުންނެވެ. އޭގެފަހުން އޭނާ ވަނީ ވީޓީވީ، ވޮއިސް އަދި ޕީއެސްއެމްނިއުސް ގައިވެސް މަސައްކަތްކޮށްފައެވެ. 
ޝާހްއަކީ ރާއްޖޭގެ ކުޅިވަރު ނޫސްވެރިކަމަށް ނިކުތްފަހުން މެދުކެނޑުމެއްނެތި މި ދާއިރާގައި އެއްފެންވަރެއްގައި ހިފަހައްޓާލެވުނު މަދު ނޫސްވެރިންގެ ތެރެއިން އެކަކެވެ. ޝާހް ވަނީ މިހާތަނަށް ރާއްޖެއާ ރާއްޖެއިން ބޭރުގައި ބޭއްވުނު ބައިނަލްއަޤްވާމީ ގިނަ މުބާރާތްތަކެއް ކަވަރުކޮށް ބައެއް މުބާރާތްތަކުގެ މީޑިއާ ހެޑްގެ ޒިންމާތައްވެސް އަދާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ