ސްކޫލު ބަންދާ ދިމާކޮށް 7000 މީހުން އުމްރާއަށް: ރައްކާތެރިވުމަށް އެޗްޕީއޭގެ ހާއްސަ އިރުޝާދުތަކެއް އުރީދޫ ފަން ރަން މިއުޒިކް ޝޯގައި ތަފާތު އަދި ހުނަރުވެރި އެކި މިއުޒިކް ބޭންޑުތަކުން ބައިވެރިވާނެ އުރީދޫން ސްރީލަންކާއަށް މިހާރު ހިލޭ ގުޅޭނެ އުުރީދޫ ކަސްޓަމަރ ޑ

އުރީދޫ މޯލްޑިވްސްއިން މިހާރު ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ، އުމްރާ ދަތުރު ލިބޭ 13 ވަނަ ފަރާތް އިއުލާން ކޮށްފިއެވެ.
މި ފަހަރުގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ އައްޑޫ ސިޓީ ހިތަދޫ، އައިޝަތު މުހައްމަދު ދީދީއެވެ. އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހުގެ ކެމްޕެއިންގެ ދަށުން ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އުރީދޫގެ އަހަރީ ދުވަހާއި ގުޅިގެން ޖުމްލަ 19 ކަސްޓަމަރަކަށް 19 އުމްރާ ދަތުރު ދިނުމަށް ހަމަޖެހިފައިވާއިރު އުރީދޫގެ ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒްއަކީ ދެ މީހަކަށް ހައްޖު ދަތުރެކެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އުރީދޫ ކަސްޓަމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކައިގެންނެވެ. ނުވަތަ ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމުން ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
އިތުރަށް އުރީދޫ އިން ބުނީ އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާއިން މަތިން ބިލް ދައްކައިގެން އަދި ރީޗާޖުކޮށް ނުވަތަ އެޑް އޮންއެއް ބޭނުންކުރުމުންވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވާނެކަމަށް ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ