ކޮންވެންޝަން ސެންޓަރެއް ހިމެނޭހެން އިވެންޓް ސެެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން ފަށާފައިވާ ގަލުފަޅު ހިއްކަނީ، އެއާޕޯޓުތައް ހިންގާ އެމްއޭސީއެލްގެ ހަރަދުގައި، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެން ކަން އެނގިއްޖެ އެވެ.
މި ފަހުން އަތަމަނައަށް ނަން ބަދަލުކޮށްފައިވާ ގަލުފަޅު މަޝްރޫއަކީ ކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހިންގަން އުޅުނު މަޝްރޫއެކެވެ. ނަމަވެސް ނިމުނު އަހަރުގެ ފަހުކޮޅު ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލުން ވަނީ މި މަޝްރޫއު ސީދާ ސަރުކާރުން ހިންގާ ގޮތަށް ބަދަލުކޮށް، މަސައްކަތް ފަށައިފަ އެވެ.
އިތުބާރު ހުރި މަސްދަރުތަކުން އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ގަލުފަޅު މަޝްރޫއު ހިންގުމާ ސަރުކާރުން ހަވާލުވީ، ޝައްކުކުރެވޭ އެތައް ކަމެއް ވަށައިގެން ހިނގާފައިވާ، ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރަން ބުނި 8.8 ބިލިއަން ޑޮލަރުގެ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރާ އެވެ.
ސަރުކާރުން ގަލުފަޅު ހިއްކަން އަވަސް ވެގަތީ، މި ފައިނޭންޝަލް ސެންޓަރަށް އިންވެސްޓުކުރަން ހުށަހެޅި ގަތަރުގެ އެމްބީއެސް އިންވެސްޓްމަންޓްސްއިން ބޭނުންވެގެން ކަމަށް މި ނޫހާ ވާހަކަ ދެއްކި މީހަކު ބުންޏެވެ. ނަމަވެސް ރަސްމީކޮށް މި މަޝްރޫއު އަދިވެސް އޮތީ އިވެންޓު ސެންޓަރު ތަރައްގީކުރާ ގޮތަށެވެ.
އެމްއޭސީއެލްއިން މި ޕްރޮޖެކްޓަށް ހިނގަނީ ކުރަނީ ބިން ހިއްކުމުގެ ބޭނުމަށް އެ ކުންފުނިން އުފެއްދި ސަބްސިޑަރީ، ޕެނިންސޫލާ އިންފްރާސްޓްރަކްޗާ މެދުވެރިކޮށެވެ. ޕެނިންސޫލާއާ ސީއެމްސީއާ މެދު ވެވުނު އެއްބަސްވުމުގެ އެއްވެސް މައުލޫމާތެއް އަދި ނޭނގެ އެވެ.
ޕެނިންސޫލާއިން ރާވާފައިވަނީ ހުޅުމާލޭ ތިނެއް ހިއްކުމުގައި ހިއްކަން ބޭނުންކުރަމުން އަންނަ ބޮސްކާލިސްގެ "ޕްރިންސް ޑާ ނެޑަލަންޑެން" ނޫނީ "އޮރެންޖު" ބޭނުންކޮށްގެން ގަލުފަޅު ހިއްކާށެވެ. ވެލި ނަގަން ހުށަހަޅާފައި ވަނީ ވެސް ހުޅުމާލެ ތިނެއް ހިއްކަން ވެލި ނެގުމުގެ ހުއްދަ ދޫކޮށްފައިވާ ސަަރަހައްދު، އެއީ ކ. ހުރާ އާއި ހިންމަފުށީގެ ހުޅަނގަށް އޮންނަ ސަރަހައްދު، އިންނެވެ.
ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ގަލުފަޅުގެ ކިލޯމީޓަރެއް ވަރުގެ ސަރަހައްދެއްގައި ބަންޑުވޯލު ޖެހުމުގެ މަސައްކަތް ނިމިއްޖެ އެވެ. އަދި، މިހާރު ވެސް އެ ތަނުގައި ހަތަރު ވަރަކަށް އެކްސްކަވޭޓަރު ހަރަކާތްތެރިވަމުން އެބަދެ އެވެ.
ގަޅުފަޅަކީ، ސަރުކާރުން ބުނާ ގޮތުގައި، މާލޭގައި އޮންނަ ދަރުބާރުގެ ބާވެގެން އެތަން ބޭނުންނުކުރެވޭ މައްސަލައަށް އޮތް ދިގުމުއްދަތުގެ ހައްލެވެ.
ގަލުފަޅުގެ ޑިވެލޮޕްމަންޓް ކޮންސެޕްޓުގައިވާ ގޮތުގައި މި ތަނުގައި އިވެންޓު ހޯލަކާއި ކޮންވެންޝަން ސެންޓަރެއްގެ އިތުރުން ކޮމާޝަލް ޕްލާޒާއަކާއި ވޯޓާ ސްޕޯޓްސް ސެންޓަރަކާއި ރެސްޓޯރަންޓުތައް ހުންނާނެ އެވެ. އަދި އެ ތަނަށް ދާ މީހުން ތިބޭނެ ވިލާތަކާއި އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ތިބޭނެ ތަންތަން ވެސް ހުންނާނެ އެވެ.
ގަލުފަޅު ހިއްކަނީ އެމްއޭސީއެލްގެ ހަރަދުގައި ސީއެމްސީން ގަލުފަޅު ހިއްކަނީ އެމްއޭސީއެލްގެ ހަރަދުގައި ސީއެމްސީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ