ރާއްޖޭގައި މި އަހަރު އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތެއް ބާއްވަނީ ރާއްޖޭގައި މި އަހަރު އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ އިންވިޓޭޝަނަލް މުބާރާތެއް މި އަހަރުގެ ޖޫން/ޖުލައި މަހު ބާއްވަން ނިންމައިފި އެވެ.
އެ ގޮތުން ހަތަރު ގައުމުގެ މެދުގައި ކުޅޭ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ރާއްޖޭގެ އިތުރުން ސްރީ ލަންކާ އާއި ނޭލާލް އަދި ބަންގްލަދޭޝް އެވެ.
ސްރީ ލަންކާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ލަންކާ އިން ވަނީ މި މުބާރާތުގައި ކުޅޭނެކަމުގެ ޔަގީންކަން ދީފަ އެވެ.، ނޭޕާލާއި ބަންގްލަދޭޝް އިން ވަނީ
މުބާރާތުގައި ކުޅުމާ މެދު ގޮތެއް ނިންމަން މަޝްވަރާތައް ފަށައިފަ އެވެ.
މީގެ ކުރިން، 2021 ވަނަ އަހަރު ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ރާއްޖެ ވަނީ ކުޅެފަ އެވެ. އަދި، މިދިޔަ އަަހަރު ލަންކާ އިން ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕްގައި ރާއްޖޭން ކުޅެ، ލަންކާ ބަލިކޮށް އެ މުބާރާތް ކާމިޔާބުކުރި އެވެ. އެންމެ ފުރަތަމަ ސުޕަ ކަޕްގައި ހަތަރު ގައުމެއް ކުޅެން ރޭވި ނަަމަވެސް ބަންގްލަދޭޝް އާއި ބޫޓާން ބައިވެރިނުވުމުން އެ މުބާރާތް ކުޅުނީ ރާއްޖެ އާއި ލަންކާގެ މެދުގައި ދެ މެޗެއް ކުޅޭ ގޮތަށެވެ.
ލަންކާ އިން އަންނަނީ މި އަހަރު ވެސް ސާފް ސުޕަ ކަޕް އެ ގައުމުގައި ބާއްވަން މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ