ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރާކަށް ނޫޅެން: ފަލާހު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މުހައްމަދު ނާޒިމް އެ މަގާމުން ވަކިކުރަން ޕިއެންސީ ތެރެއިން އުޅޭ ވާހަކަ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ދޮގު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ދިއްގަރު ދާއިރާގެ މެންބަރުކަން ކުރައްވާ ނާޒިމް، މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީއަކުން ވަނީ އިއްޔެ ވަކިކޮށްފަ އެވެ. 
އޭގެ އިތުރުން، ޕީއެންސީގެ މަޖިލިސް މެންބަރުންގެ ތެރެއިން ބަޔަކު ނާޒިމް، މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.
ތަފްސީލް - ނަމަވެސް، ނާޒިމް ވަކިކުރަން އުޅޭ ކަމަށް ބުނާ ވާހަކަ ފަލާހު ދޮގު ކުރެއްވި އެވެ.
ބުނީ ކީކޭ؟ - "އެއީ ދޮގެއް. މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރާކަށް ނޫޅޭ. އެފަދަ އެއްވެސް ކަމެއް ނުހިނގާ،" ފަލާހު 'ދައުރު'އަށް ވިދާޅުވި އެވެ.
ފާހަގަކުރެވޭ - ނާޒިމް މަގާމުން ވަކިކުރަން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވި ޕީއެންސީގެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި، އޭނާ މަޖިލިސް ތެރެއިން ސަރުކާރަށް ގެއްލުންވާ ގޮތަށް އަމަލު ކުރާ ކަމަށް ބުނެ، ނާޒިމްއާ މެދު ބައެއް މެންބަރުން ތިބީ ހިތްހަމަނުޖެހިފަ އެވެ. އަދި އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން އުޅެނީ އެހެންވެގެން ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ