ސަފީރު މަސްއޫދު ލަންކާގެ އިމިގްރޭޝަަނަށް ފާޑުކީ މައްސަލާގައި މިނިސްޓަރު ހަލީލާ ސުވާލުކުރަނީ

ސްރީ ލަންކާއަށް ދަތުރުކުރާ ދިވެހިންނާ މެދު އެ ގައުމުގެ އިމިގްރޭޝަނުން ތަފާތުކޮށް ވިސާގެ ކަންކަމުގައި ދަތިކުރާ ކަމަށް އެގައުމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ވިދާޅުވެފައިވާތީ، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ސުވާލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ލަންކާއަށް ދަތުރުކުރާ ދިވެހިންނާ މެދު ތަފާތުކުރާ ކަމަށް ވިދާޅުވެ، ލަންކާގެ 'ޑެއިލީ ނިއުސް' އަށް ދެއްވި އިންޓަވިއުއެއްގައި މަސްއޫދު އެ ގައުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެއީ ސަފީރަކު ގެންގުޅުއްވަން ޖެހޭ ޑިޕްލޮމެސީގެ އުސޫލާ ހިލާފު ކަމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ އޭނާ ދެއްކެވި ވާހަކަތައް ކުށްވެރި ވެސް ކޮށްފަ އެވެ.
ތަފްސީލް - މި މައްސަލާގައި މިނިސްޓަރު ހަލީލާއި ސުވާލުކުރަން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް އެވެ. އޭނާ ހުށަހަޅާފައިވާ ސުވާލުގައި ވަނީ:
ލަންކާގެ ޑެއިލީ ނިއުސް އަށް މަސްއޫދު ދެއްވި އިންޓަވިއުގައި ރާއްޖޭގައި މަސައްކަތްކުރާ ލަންކާގެ ފަންނީ މީހުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތައް ބަދަލު ގެންނާނެ ކަމުގެ އިންޒާރު ދެއްވާފައިވާ ކަމަށް
ޑިޕޮލޮމެސީ އާއި ބައިލެޓަރަލް މަޝްވަރާގެ ރިވެތި އުސޫލު ދޫކޮށް މިހާ ފާޅުގައި އަވައްޓެރި އެހެން ގައުމަކާއި ޖެހިގަތުމަކީ އެންމެ ރަނގަޅު ގޮތްތޯ؟
އެނގުން މުހިންމު - ޑެއިލީ ނިއުސްއަށް ދެއްވި އިންޓަވިއުގައި މަސްއޫދު ކަންބޮޑުވުން ފާޅުކުރެއްވީ ދިވެހިންނަށް ވިސާ ހޯދުމަށް ލަންކާގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުންނެވެ. އެގޮތަށް ކަންކަން ކުރަނީ، ރާއްޖެއަކީ ސަލާމަތީގޮތުން ރައްކާތެރި ގައުމެއްގެ ގޮތުގައި ލަންކާއިން ނުދެކޭތީ ކަމަށް ހީވާތީ، އެކަމާ ގުޅިގެން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުގައި ސުވާލުކުރުމުން އެކަމަށް މިހާތަނަށް ވެސް ޖަވާބެއް ނުލިބިފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް މަސްއޫދު ފާޅުކުރެއްވި އެވެ.
އެގޮތުން މަސްއޫދު ވިދާޅުވެފައިވަނީ:
ވިދާޅުވީ ވިސާ ހޯދުމަށްޓަކައި ދިވެހިން ހެނދުނު 9 އިން ފެށިގެން ހަވީރު 5އާ ހަމައަށް ދިގު ކިއޫތަކުގައި ވަގުތު ހޭދަކުރަން މަޖުބޫރުވެފައިވާ ކަމަށް 
އެކަމަކު، ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ވިސާގެ ކަންކަން ކުރިއަށް ގެންދާއިރު، އެއްވެސް ދަތިކަމެއް ނެތި ވަގުތުން ވިސާ ލިބޭތީ، އެ ޑިޕާޓްމަންޓުގެ އޮފިޝަލުންނަށް މާލީ ގޮތުން ފައިދާތަކެއް ލިބެމުންދާކަމަށް ބެލެވޭ ކަމަށް
މިކަން މިގޮތަށް ކުރިއަށްދާ ނަމަ، ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ލަންކާގެ ފަންނީ މީހުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތަށް ބަދަލު ގެންނަން ދިވެހި ސަރުކާރަށް މަޖުބޫރުވާނެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ