އައްޑޫގައި މަސް ޕްރޮސެސްކުރާ ފެސިލިޓީ ހުޅުވައިފި

އައްޑޫ ސިޓީ، ހުޅުމީދޫގައި ގާއިމުކުރި، މަސް ޕްރޮސެސިން ފެސިލިޓީ ހުޅުވައިފިއެވެ. މި ފެސިލިޓީ ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ އާމިނަތު ޙުސައިން ޝަރީފެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ އަދި އެމްޑީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުޙަތު ޝަހީރާއި މިފްކޯގެ އިސްވެރިންނާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނީ މިއީ ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ ޕްރޮސެސް ކުރުމުގެ މަގުސަދުގައި، ގާއިމްކުރި ފެސިލިޓީއެއް ކަމަށެވެ. އެގޮތުން އައްޑޫގައި މަސް ޕްރޮސްކުރާ ފެސިލިޓީގެ ސަބަބުން އައްޑޫ ރައްޔިތުންނަށް ރައްކާތެރިގޮތުގައި މަސް ބަންދުކޮށް، އިތުބާރު ހިފޭ އުފެއްދުންތަކެއް ލިބި، މަސްވެރިކަމުން ނަފާ އިތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އައްޑޫ އަތޮޅު ހުޅުމީދޫގައި ގާއިމުކުރި، މަސް ޕްރޮސެސިން ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ މިފްކޯ މީގެ އިތުރުން މިފްކޯއިން ބުނި ގޮތުގައި މި ފެސިލިޓީން މަސް ޕްރޮސެސް ކުރުމުގައި ބޭނުންކުރާނީ 'ބްލާސްޓް ފްރީޒިން މެތަޑް'އެވެ. އެގޮތުން ބަންދުކުރެވޭ މަސް މިއަދުން ފެށިގެން މިފްކޯ ހުޅުމީދޫ ފިހާރައިން ގަންނަން ލިބެން ހުންނާނެ ކަމަށާއި، ޑިސްޓްރިބިއުޓަރުން ހޯދައި، އައްޑުއަތޮޅު ހުރިހާ ހިސާބަކުން މި ފެސިލިޓީގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިފްކޯއިން ބުންޏެވެ. https://sun.mv/219501 އައްޑޫ ސިޓީގައި ގާއިމުކުރި މި ފެސިލިޓީ އަޅާފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާއި ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން އައްޑޫގެ އިތުރުން ތ. ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖަކާއި ބްލާސްޓް ފްރީޒްކުރާނެ މަރުކަޒެއް ބިނާކުރުމާއި، ގދ. ތިނަދޫގައި މިފްކޯއިން މިހާރު ފަށާފައިވާ މަސްގަނެ ފިނިކޮށް ރައްކާކުރުމުގެ މަޝްރޫޢު އިތުރަށް ފުޅާކުރުމަށް ވެސް ނިންމާފައިވާކަމަށް މިފްކޯއިން މީގެ ކުރިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ