ކައުންސިލް އިންތިހާބުގެ ޕީއެންސީގެ ”ދޮރުން ދޮރަށް“ ހަރަކާތުގައި ރައީސް ބައިވެރިވެޑައިގެންފި

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ޕީއެންސީއަށް ތާއީދު ހޯދުމަށް ކުރިއަށް ގެންދާ ޑޯ ޓު ޓޯ ހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ރައީސް މުއިއްޒު އިއްޔެ މިހަރަކާތުގައި ބައިވެރިވެވަޑައިގެންފައިވަނީ ވަނީ އެ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުންނެވެ.
މި ހަރަކާތުގެ ތެރެއިން އިއްޔެ ޒިޔާރާތް ކުރައްވާފައިވަނީ މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގޭގެއަށެވެ.
މި ހަރަކާތުގައި ރައީސްގެ އަރިހުގައި ޑޯޓުޑޯ ހަރަކާތުގައި ދައުލަތުގެ ވަޒީރުންގެ އިތުރުން ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ އެޕާޓީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މީގެ އިތުރުން ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓު މޫސާ އަލީ ޖަލީލުގެ އިތުރުން ޕީއެންސީގެ ފަރާތުން މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ކައުންސިލް އިންތިޚާބަށާއި، އަންހެނުންގެ ކޮމިޓީއަށް ވާދަކުރައްވާ ކެނޑިޑޭޓުން ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ