މޯލްޑިވްސް ސްޕޯޓްސް އެވޯޑް؛ މިފަހަރުވެސް ފުޓްސަލްއަށް އެވޯޑެއްނެތް؟

މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2025 އަންނަ ފެބުރުއަރީމަހު ބޭއްވުމަށް އިއުލާނުކޮށްފިއެވެ.
ކުޅިވަރު ކުޅުންތެރިްނގެ އަގުވަޒަންކުރުމުގެ މަގްސަދުގައި ބާއްވަމުން އަންނަ މި އެވޯޑް ހަފްލާ މިއަހަރު އޮންނާނީ ފެބުރުއަރީމަހުގެ 15 ވަނަ ދުވަހުގެ ރެ ޒުވާނުންގެ މަރުކަޒުގައެވެ. ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެފައިވަނީ އެވޯޑް ހަފްލާ ބޭއްވުމުގެ ގޮތުން ތައްޔާރީތައް ވަމުން އަންނަކަމަށެވެ. އެގޮތުން ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން އެވޯޑް ހަފްލާގެ ކަންކަން ކުރަމުން އަންނައިރު، މިފަހަރުގެ އެވޯޑް ހަފްލާގައި އައު ކަންތައްތަކެއް ފެނިގެންދާނޭކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.
މިފަހަރު ހާއްސަ ކަމެއްގެ ގޮތުން އެވޯޑްހަފްލާގައި އެތްލީޓުންނަށް އެވޯޑާއެކު ސެޓްފިކެޓް ދިނުމަށް ވަނީ ނިންމާފައެވެ. 
މިފަހަރުގެ ސްޕޯޓްސް އެވޯޑްގައިވެސް އެންމެ ފާހަގަކުރެވިގެންދާނޭ އެއްކަމަކީ މިހާރު ރާއްޖޭގައި އެންމެ ފޯރިއާއެކު ކުޅެމުންދާ ފުޓްސަލް އަށް އެވޯޑްހަފްލާގައި ދޭނޭ އެވޯޑެއް ނެތުމެވެ. ސަބަބަކީ ފުޓްސަލްގެ ޤައުމީ ފެންވަރުގެ މުބާރާތެއް ނެތުމެވެ. މޯލްޑިވްސް ސްޕޯތްސް އެވޯޑް ދެނީ، ޤައުމީ މުބާރާތް ތައް ބާއްވާ ކުޅިވަރުތަކަށް އެކަންޏެވެ.
ފުޓްސަލްގެ ފޯރި އަހަރަކަށްވުރެ އަހަރެއް ގަދަވަމުން އަންނައިރު، ފުޓްސަލް ޤައުމީ ޓީމެއް އޮތްނަމަވެސް އެ ކުޅިވަރުގެ އިންފްރާސްޓަކްޗަރ އަދިވެސް އޮތީ ވަރަށް ބަލިކަށިކޮށްކަމަށް ކުޅުންތެރިން ފާހަގަކުރެއެވެ. އެގޮތުން ފަރިތަކުރާނެ އިންޑޯ ދަނޑެއް ނެތް މައްސަލައަކީވެސް ކުޅުންތެރިން ފާހަގަކުރާ ކަމެކެވެ. 
އެފްއޭއެމްގެ ބެލެނިވެރިކަމުގެ ދަށުގައި ފުޓްސަލް އޮތްއިރު، މިހާހިސާބަށް އާއިރު އެފްއޭއެމުން ފުޓްސަލް ކުޅިއަރުވަން މާބޮޑު މަސައްކަތްތަކެއް ކޮށްފައިނުވާކަން ކުޅުންތެރިން ފާހަގަކުރެއެވެ.
ރާއްޖޭގައި މިވަގުތު އެންމެ ފޯރިގަދަ ކުޅިވަރެއްގެ ގޮތުގައި ފުޓްސަލް ހިމެނޭއިރު، ފުޓްސަލް ޤައުމީ ޓީމުން ދަނީ ސަރަހައްދީ ފެންވަރުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން މިހާރު ކުރިއަށްދާ ސާފް މުބާރާތުގައި ރާއްޖޭގެ ޤައުމީ ފިރިހެނުންގެ ފުތްސަލް ޓީމުން ވަނީ ކުޅުނު ހުރިހާ މެޗްތަކުން މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ އުއްމީދު އައުކޮށްފައެވެ. މި މުބާރާތުގައި ރާއްޖެ ކުޅުނު ހުރިހާ މެޗްތަކެއް ކާމިޔާބުކުރީ ގިނަ ގޯލްތަކެއް ޖަހައިގެންނެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑް ފަދަ ހައިބަތުބޮޑު މުބާރާތެއްގައި ފުޓްސަލްއަށް އެވޯޑެއް ނެތުމަކީ ފުޓްސަލް ކުޅުންތެރިންގެ ވަރަށްބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތް ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ