ކަނޑުދަތުރުފަތުރާއި މޫދު ކުޅިވަރުގެ ސާމާނު ރާއްޖޭގައި ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ ސީގިއާ އިން އިސްނަގައިގެން، އުޅަނދުފަހަރު ސާފުކޮށް ބެލެހެއްޓުމަށް ބޭނުންކުރާ ތަކެއްޗަށް ހޭލުންތެރިކުރުވުމުގެ ހާއްސަ ތަމްރީނު ސެޝަނެއް ބާއްވައިފި އެވެ
ވީ ކިހިނެއް؟ - ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މި ތަމްރީނު ސެޝަން ކުރިއަށް ގެންގޮސްދެއްވީ ޖަރުމަނުވިލާތުގެ މަޝްހޫރު ޔަޓިކޮން ކުންފުނީގެ ތަޖުރިބާކާރު އެންޑްރިއަސް ޓެގްލާ އެވެ.
މި ސެޝަންގައި ރިސޯޓްތަކާއި ޑައިވް ސެންޓަރުތަކާއި އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ އިތުރުން ސިލްވަ ސޭންޑްސްގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 20 ފަރާތަކުން ބައިވެރިވި އެވެ.
ތަފްސީލް - މި ސެޝަން ފެށުމުގެ ގޮތުން ޔަޓިކޮން ބްރޭންޑުގެ ތާރީހާއި މުޅި ދުނިޔޭގައި އެ ކުންފުނިން ހޯދާފައިވާ މަގުބޫލުކަމުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ.
އުޅަނދުފަހަރު ސާފުކުރުމަށާއި ބެލެހެއްޓުމަށް ބޭނުންކުރާ އެކި ބާވަތުގެ އުފެއްދުންތަކާ ބެހޭ މައުލޫމާތު ބައިވެރިންނަށް ފޯރުކޮށްދިނެވެ. ހާއްސަކޮށް ރާއްޖެ ފަދަ ލޮނާއި ހޫނު ގަދަ މާހައުލެއްގައި އުޅަނދުފަހަރު ދިގު މުއްދަތަކަށް ބޭނުންކުރުމާއި އެއާ އެންމެ އެކަށީގެންވާ އުފެއްދުންތައް ބޭނުންކުރުމުގެ މުހިންމުކަން މި ސެޝަންގައި ކިޔައިދިނެވެ.
މީގެ އިތުރުން ސީޖެޓް އެންޓިފައުލިން ބޭނުންކޮށްގެން އުޅަނދުފަހަރުގެ ބުރަފަތީގައި ފެއްސާއި ގާފޮރި ޖެހުން ހުއްޓުވައި، އުޅަނދުގެ ދުވެލި ހަލުވިކޮށް ތެޔޮ އިސްރާފުވުން ކުޑަކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މައުލޫމާތު ދީފައިވެ އެވެ.
މި ތަމްރީނުގެ އެންމެ މުހިންމު ބަޔަކީ އަމަލީ ގޮތުން ތަކެތި ބޭނުންކޮށްގެން ދެއްކި ލައިވް ޑެމޮންސްޓްރޭޝަންތަކެވެ. އެގޮތުން، ފައިބަރު އަދި ޖެލްކޯޓް، ސްޓެއިންލެސް ސްޓީލް އަދި ބޯޓު ފެންޑަރު ފަދަ ތަކެތި ސާފުކޮށް ބަލަހައްޓާނެ ގޮތް ބައިވެރިންނަށް އަމަލީ ގޮތުން ދަސްކޮށްދިނެވެ.
ސީގިއާއިން ޔަޓިކޮން އަދި ސީޖެޓް އުފެއްދުންތަކުގެ ތަމްރީނު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ