އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 30 ސްކޫލް ބައިވެރިވެއްޖެ

އަންނަ މަހު މާލޭގައި ބާއްވާ 19 ވަނަ މައިލޯ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 30 ސްކޫލް ބައިވެރިވެއްޖެ އެވެ. އެ މުބާރާތުގައި މާލޭގެ 14 ސްކޫލަކުން ބައިވެރިވި އެވެ. އެއީ ޣާޒީ ސްކޫލް، އަމީނިއްޔާ ސްކޫލް، ޤިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލް، ކަލާފާން ސްކޫލް، އިސްކަންދަރު ސްކޫލް، ޖަމާލުއްދީން ސްކޫލް، އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، ދަރުމަވަންތަ ސްކޫލް، ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން، ހިރިޔާ ސްކޫލް، މަޖީދިއްޔާ ސްކޫލް، ތާޖުއްދީން ސްކޫލް، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަދި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލެވެ. އެ ސްކޫލްތަކުގެ އިތުރުން އެ މުބާރާތުގައި ދެން ވާދަކުރާ ސްކޫލްތަކަކީ ހދ. ކުޅުދުއްފުށި ޖަލާލުއްދީން ސްކޫލާއި ކުޅުދުއްފުށި އަފީފުއްދީން ސްކޫލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި، ދ. އަތޮޅު މަދަރުސާ، ގދ، ފަރެސްމާތޮޑާގެ ހުވަދޫ ސްކޫލް، ތިނަދޫ ސްކޫލް، ގދ. އަތޮޅު ތައުލީމީ މަރުކަރު، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ފުވައްމުލަކު ހާފިޒް އަހްމަދު ސްކޫލް، ފުވައްމުލަކު މަދުރަސަތުލް ޝައިޚް މުޙައްމަދު ޖަމާލުއްދީން، ފުވައްމުލަކު ސްކޫލް، ފުވައްމުލަކު ޒިކުރާ އިންސްޓިޓިއުޓް، އައްޑޫގެ ހިތަދޫ ސްކޫލް، އައްޑޫ ހައި ސްކޫލް އަދި އައްޑޫގެ ފޭދޫ ސްކޫލެވެ. އަންނަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ފަސް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ޓީމު ލިސްޓުތައް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 14:00 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ