މިދިޔަ މަހުގެ އާމްދަނީ އިތުރު

ޓެކުހުގެ ގޮތުގައި ދައުލަތަށް މިދިޔަ މަޖު ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ އަށްވުރެ އިތުރަށް އާމްދަނީ ލިބިއްޖެ އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީ 26 ޕަސެންޓް އިތުރެވެ. އެގޮތުން މިދިޔަ މަހުގެ ޓެކްސް އާމްދަނީގެ ގޮތުގައި 2.94 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މީރާ އިން ބުނި ގޮތުގައި ލަފާކުރި ވަރަށް ވުރެ ލިބުނު އާމްދަނީ އިތުރުވީ ބޭން ތަކުން ދެއްކި އިންކަމް ޓެކްހާއި ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ. އަދި މީގެ ޓޫރިސްޓުން އަންނާނެ ކަމަށް މިދިޔަ މަހަށް ލަފާކުރި އަދަދަށް ވުރެ އިތުރަށް ޒިޔާރަތްކޮށްފައިވާތީ ވެސް އާމްދަނީ އިތުރުވީ ކަމަށް ބުންޏެވެ.
ޓެކްސް އާމްދަނީގެ މިދިޔަ މަހުގެ ތަފުސީލު:
* ޖީއެސްޓީ: 5.1 ބިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ 51.7 ޕަސެންޓް)
* އިންކަމް ޓެކްސް: 589 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ 20.1 ޕަސެންޓް)
* ޓޫރިޒަމް ލޭންޑް ރެންޓް: 370 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ 12.6 ޕަސެންޓް)
* ގްރީން ޓެކްސް: 113 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ 3.9 ޕަސެންޓް)
* އެއާޕޯޓު ޑިވެލޮޕްމެެންޓް ފީ: 106 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ3.6 ޕަސެންޓް)
ސަރުކާރުން ބުނީ އާމްދަނީ އިތިރިކޮށް، ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. އަދި މީގެ ސަބަބުން ތަރައްގީގެ އެކިއެކި މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ދެއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ