އިސްލާމް ދީނުގައި ރަހިމުގެ ގުޅުން (އާއިލީ ގުޅުން) ވާޖިބު ކޮށްފައި ވަނިކޮށް، އާއިލީ ގުޅުންތައް ދޫކޮށް މުއިއްޒުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ލާދީނީ މުއިއްޒު އަމުރު ކޮށްފި

އިސްލާމް ދީނުގައި ރަހިމުގެ ގުޅުން (އާއިލީ ގުޅުން) ވާޖިބު ކޮށްފައި ވަނިކޮށް، އާއިލީ ގުޅުންތައް ދޫކޮށް މުއިއްޒުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ލާދީނީ މުއިއްޒު އަމުރު ކޮށްފިއެވެ. މުއިއްޒު މިގޮތަށް އަމުރުކޮށް ގޮވާލާފައި ވަނީ، “ފުރަތަމަ ޤައުމު”ގެ ޝިއާރުގެ ދަށުން ޤައުމު އާއިލާ އަށް ވުރެ މުހިންމު ކަމަށް ބުނެއެވެ.
މިއީ އެއްވެސް މުޖުތަމާއެއްގައި އެކަން އޮންނަ ގޮތެއް ނޫނެވެ. އެންމެ މުހިންމު ވާނީ އާއިލީ ގުޅުންތަކެވެ. އޭގެ ފަހުން އެންމެ ކައިރީ އުޅޭ މުޖްތަމައުއެވެ. އިސްލާމް ދީނުގައި ނަމަ އުއްމަތެވެ. ފުރަތަމަ ޤައުމުގެ ނަމުގައި އާއިލާއާއި، ދީނީ ގޮތުން އާއިލީ ގުޅުމަށް ދީފައިން މުހިންމު ކަން ކުޑަކޮށް، އެގުޅުންތައް ދޫކޮށް ޤައުމު އިސްކުރުމަށް ގޮވާލުމަކީ އިސްލާމީ އަޤީދާއާއި، އިސްލާމީ އަސާސްތަކާއި ޚިލާފު ލާދީނީ ވާހަކައެކެވެ.
މުއިއްޒު ވަނީ މިއަދު ޚުތުބާގައި ތެދުހެދުންވެސް މަނާކޮށް، ހަޤީގަތް ހާމަ ނުކުރަން ގޮވާލާފައެވެ.
އިސްލާމީ ހަމަތައް ދޫކޮށް، ދުނިޔެވީ އުސޫލުތައް ނަގަހައްޓަން މުއިއްޒު ގޮވާލަމުން ދާއިރު، ސަލަފުގެ އިސްވެރިންނަށް މި ވެރިކަމުގައި ޖާއިޒު ނޫން އެތައް ފައިދާތަކެއް ލިބޭތީ، މުއިއްޒުގެ ލާދީނީ އަމަލުތަކާއި މެދު އެއްވެސް މިންވަރަކަށް އެއްވެސް ބަހެއް މީގެ މީހަކު ބުނެ ނުލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ