ސިނާއީ ބޭނުމަށް ތިލަފުށިން ހަމައެކަނި ދިވެހިންނަށް ބިން ވިއްކަން ހުޅުވާލައިފި

ސިނާއީ ބޭނުމަށް ތިލަފުށިން ހަމައެކަނި ދިވެހިންނަށް ބިން ވިއްކަން
ހުޅުވާލައިފިއެވެ.
މިއަދު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ޢާންމުކުރައްވާފައިވާ ނޫސްބަޔާނުގައި ވަނީ ތިލަފުށީގެ 1 ވަނަ ފިޔަވައްސާއި 2 ވަނަ
ފިޔަވަހިން، ސިނާޢީ މަސައްކަތްތަކަށް ޚާއްސަކޮށް ދޫކުރުމަށް ކަނޑައަޅާފައިވާ ބިންތައް
ވިއްކުމަށް ހަމައެކަނި ދިވެހިންނަށް ހުޅުވާލާ ކަމަށެވެ. މިގޮތުން ތިލަފުށިން ބިން
ގަތުމުގެ ފުރުސަތު ދިވެހި އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށްވެސް ވަނީ ހުޅުވާލާފައެވެ.
ބީލަމުގެ އުސޫލުން ބިން ވިއްކުމަށް މިއަދު ހުޅުވާލި އިރު، ވިޔަފާރީގެ އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ ޖުމުލަ 108 ބިން ވިއްކުމަށް ކަނޑައެޅިފައި ވެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އަގަކީ 1700 (އެއް ހާސް ހަތް ސަތޭކަ ރުފިޔާ) އެވެ.
ތިލަފުށީގެ ބިން ވިއްކުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 2
މަރުހަލާ އަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް
އިންޓަރެސްޓް (އީ އޯ އައި) ހުށަހެޅުމެވެ. އަދި ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ
ގިނަ ފަރާތުން އީ އޯ އައި ހުށަހަޅާފައި ވާނަމަ، ބިޑް
ކުރުމެވެ.
ބިން ގަތުމަށް ޝައުގުރެވެރިވާ
ފަރާތްތަކުން އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް ނުވަތަ އެޗްޑީސީގެ އީމެއިލް ([email protected]) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެޗްޑީސީގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި
އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތަރައްގީކުރާ މައި މަރުކަޒުގެ އިތުރުން ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް
ގެނެސްދިނުމުގެ ބޭނުމުގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވެމުން އަނަން
ރަށެކެވެ. އެޗްޑީސީއިން ވިދާޅުވި ގޮތުގައި އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ލިބެންހުރި
ވަސީލަތްތައް ބޭނުންހިފޭނެ މަގު ތަނަވަސްކޮށްދީ، ރައްޔިތުންނަށް
މިކަމުން ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް
ފޯރުކޮށްދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ