މުއިއްޒު ވެރިކަމަށް ގެނައި މީހުން މުއިއްޒު ދޫކޮށްލައިފި، މިއަދު އެކަނިވެރިވެއްޖެ: ނަޝީދު

ވެރިކަމަށް ވަޑައިގެންނެވި އިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ތިބި މީހުން އެމަނިކުފާނު ދޫކޮށްލައިފި ކަމަށާއި، އެމަނިކުފާނު މިހާރު އެކަނިވެރިވެއްޖެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މިހާރު ކްލައިމެޓް ވަލްނަރެބަލް ފޯރަމް (ސީވީއެފް)ގެ އަމީންއާންމުގެ މަގާމު ފުރުއްވަމުން ގެންދަވާ ނަޝީދު، އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ 'ރިޕަބްލިކް'ގެ ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން ވަނީ، މިހާރުގެ ރައީސަށް ވެރިކަމަށް ވަޑައިގެންނެވުނު ބައެއް ސަބަބުތައް ވިދާޅުވެފައެވެ. އެއީ:
ނަމަވެސް މިއަދު ހާލަތު ބަދަލުވެއްޖެ ކަމަށާއި، އެގޮތުން މުއިއްޒަށް ތާއީދުކުރި ނަޝީދުގެ ފެކްޝަންގެ ބޭފުޅުންނާއި ޔާމީން ރައީސާ ދުރަށް ޖެހިވަޑައިގެންފި ކަމަށާއި، ވެރިކަންކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ވެސް ބައިބައިވެއްޖެ ކަމަށް، ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން ރައީސް އެކަނިވެރިވެއްޖެ ކަން ސިފަކުރައްވައި ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ.
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން، މައްޗަންގޯޅި މެދު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ، އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން ރާއްޖޭގެ ސިޔާސީ މަސްރަހު އޮންނާނެ ގޮތް ސާފުވެގެން ދާނެ ކަމަށެވެ.
މި ފޯރަމްގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވި ގޮތުގައި:
އިންޑިއާ އަކީ ރާއްޖެ އަށް ހަނގާކުރާ ގައުމެއް ގޮތަށް ދޭހަވާ ފަދަ މޭރުމަކުން ރައީސް ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވައި ނަޝީދު ވިދާޅުވި ގޮތުގައި، އިންޑިއާއަކީ ހަނގގާކުރާ ގައުމެއް ނަމަ، ސުލްހަވެރިކަމާ އެކު ވާހަކަ ދައްކައިގެން އިންޑިއާގެ ސިފައިން ރާއްޖޭން ފޮނުވާލުމުގެ މަސައްކަތެއް ނުކުރާނެއެވެ.
އަދި މި ފޯރަމްގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އަށް ތައުރީފުކުރައްވައި، އިންޑިއާއިން ރާއްޖެ އަށް ފޯރުކޮށްދިން އެހީތެރިކަން ވެސް ނަޝީދު ފާހަގަކުރެއްވިއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ