ރަސްދޫގައި ގަވާއިދާ ހިލާފަށް ސްޕާއެއް ހިންގައި ހަށިވިއްކަމުން ދިޔަ 3 މީހަކު ހައްޔަރުކޮށްފި

އއ. ރަސްދޫ ގެއެއްގައި ރަޖިސްޓްރީ ނުކޮށް ހިންގަމުން ދިޔަ ސްޕާއެއްގައި ހަށި ވިއްކަމުން ދިޔަ ތިން ބިދޭސިއަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، ރަސްދޫގެ، ސާހިލް ނަމަކަށް ކިޔާ ގެއެއްގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ނުކޮށް ސްޕާއެއް ހިންގާ ކަމަށާއި އެތަނުގައި ހަށި ވިއްކާ ކަމުގެ މައްސަލައެއް ރިޕޯޓް ކޮށްފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭގަނޑު 11:30 ގައި ކަމަށެވެ. އެގޮތުން މި ސްޕާ ހިންގަމުން އަންނަނީ "ބްލޫ ވެލި ސެލޫން އެންޑް ސްޕާ" ގެ ނަމުގައެވެ.
މި މައްސަލަ ރިޕޯޓް ކުރުމާއެކު ކޯޓު އަމުރެއްގެ ދަށުން ވަނީ އެގެ ބަލައި ފާސްކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. އަދި އެތަނުގައި ހަށި ވިއްކާ ކަމުގެ ތުހުމަތުގައި ވަނީ ތިން ބިދޭސީއަކު ހައްޔަރުކޮށްފައި ކަމަށް ވެސް ފުލ؛ުހުން ބުނެއެވެ.
އެއީ އުމުރުން 42 އަހަރުގެ އަންހެނަކާއި 27 އަހަރުގެ އަންހެނަކާއި 28 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ