ރައީސް ދެއްވި ޔަގީންކަން | މި ދައުރުގައި ބޮލަކަށް ޖެހޭ އާމްދަނީ 17،000 ޑޮލަރަށް މަތިކޮށްދޭނަން

މިހާރު ޖީޑީޕީގެ ނިސްބަތުން ބޮލަކަށް ޖެހޭ އާމްދަނީ ހުރީ 13،000 ޑޮލަރުގަ އެވެ. ރައީސް ވަނީ މި އަދަދު 4,000 ޑޮލަރުގެ ކުރިއެރުމެއް ގެނެސްދެވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މި ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ބޮލަކަށް ޖެހޭ އާމްދަނީ މިހާރު އޮތް 13،000 ޑޮލަރުން 17،000 ޑޮލަރަށް މަތިކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ކުރަމުން ގެންދާ މަސައްކަތްތަކާއެކު 2028 ވަނަ އަހަރު އަންނަންވާއިރަށް ބޮލަކަށް ޖެހޭ އާމްދަނީ 17،000 ޑޮލަރަށް މަތިވެގެންދާނެ އެވެ. 
"އިގްތިސޯދީ ސިޔާދަތު ޔަގީން ކުރެވި އިގްތިސޯދު ހަރުދަނާ ކުރެވި ގައުމު މުއްސަނދި ކުރެވި ފަރުދުން މުއްސަނދިވެގެންދާނެ އިރާދުކުރެއްވިއްޔާ ފައިސާ ޗާޕުނުކޮށް،" ރައީސް ވިދާޅުވި އެވެ. 
ރައީސްގެ މި ވާހަކަފުޅުގެ ކުރީގައި އިގްތިސޯދީ ގޮތުން ބޮޑު ބަދަލުތަކެއް ގެންނަން ކުރަމުން ގެންދާ ގިނަ މަސައްކަތަކަށް ވަނީ އަލު އަޅުއްވާލައްވަވާފަ އެވެ. 
ރައީސް ވިދާޅުވީ މި ހުރިހާ މަސައްކަތްތަކެއް ކުރަމުން ދިޔައިރު ފައިސާ ޗާޕުނުކޮށް 3.8 ބިލިއަން ރުފިޔާގެ ދަރަނި ދައްކާފައިވާނެ ކަމަށެވެ.
"ރިފޯމް އެޖެންޑާ ދަނީ ތަންފީޒު ކުރަމުން. އެއީ ފަރުދީ ގޮތުން ފުދުންތެރިކަން އިހުސާސް ކުރުމަށްޓަކައި. ތިމަންނަގެ އާއިލާއަށް ފައިސާ ހުރިތޯ ދެން އޮތް މަހު ކިހިނެއް ތޯ ކުރާނީ. އެހެންވީމަ އެ އިހުސާސްވުން އިހުސާސްވުމަށް ކުރަން ޖެހޭ މަސައްކަތް މިކުރަނީ،" ރައީސް ވިދާޅުވި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ