ފަނޑިޔާރުން ސަސްޕެންޑުކުރީ ޖުޑިޝަރީގެ މިނިވަންކަމަށް ހުރަސްއަޅަން: އދ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު އަދި މިހާރު އެ ކޯޓުން އިސްތިއުފާ ދެއްވާފައިވާ ހުސްނުއްސުއޫދު ސަސްޕެންޑު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެ، އެ ފިޔަވަޅުތަކާ ގުޅޭ ގޮތުން އދ.ގެ ހާއްސަ ރެޕަޓުއާ މާގްރެޓް ސެޓަތުވެއިޓް މިރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ. އެއީ:ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުފަނޑިޔާރު މަހާޒް އަލީ ޒާހިރުފަނޑިޔާރު ހުސްނުއްސުއޫދުއެކަމަކު، ސަސްޕެންޑުކޮށް ތިން ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތަކެއް ބަލަމުން އަންނަނިކޮށް ސުއޫދު ވަނީ އިސްތިއުފާދެއްވައިފަ އެވެ.ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލަ ބޭރުގެ އިދާރާތަކަށް ހުށަހެޅުއްވީ ސުއޫދެވެ.ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންގެ މިނިވަންކަމާ ބެހޭ އދ.ގެ ހާއްސަ ރެޕަޓުއާ މާގްރެޓް ވަނީ، އިންސާނީ ހައްގުތަކާ ގުޅޭ އދ.ގެ ހައި ކޮމިޝަނަރުގެ އޮފީސް މެދުވެރިކޮށް ރޭ ބަޔާނެއް ނެރުއްވާފަ އެވެ. އެ ބަޔާނުގައި މާގްރެޓް ވިދާޅުވީ ފަނޑިޔާރުންގެ ޒިންމާތަކުން ދުރުކުރުމާއި އެއާ ގުޅިފައިވާ އެހެން ފިޔަވަޅުތަކަކީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުން ބެލުން ހުއްޓުވުމަށް ކަމަށެވެ."ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސުލޫކީ މައްސަލައެއްގައި ސަސްޕެންޑުކުރުމަކީ، ފަނޑިޔާރުން ވަކިކުރެވޭނީ ބޮޑެތި ކުށްތަކެއް ނުވަތަ ގާބިލްކަން ނެތް ކަމަށް ބުނާ އުސޫލާ ޚިލާފު ކަމެއް ކަމަށް ގަބޫލުކުރެވޭ. ސަސްޕެންޝަންތަކާއި ސުލޫކީ މައްސަލަތަކުގެ ތަހުގީގުތަކުގެ ޕްރެޝަރަކީ ކޯޓުގެ މިނިވަންކަމަށް ހުރަސްއެޅޭނެ ކަމަކަށްވުމުގެ ފުރުސަތަކަށް ވެދާނެ،" ރެޕެޓުވާ ވިދާޅުވިއެވެ.އެއާއެކު ޖޭއެސްސީން ފަނޑިޔާރު މަހާޒާއި، އަޒްމިރަލްދާގެ ސުލޫކީ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދިޔައިރު އެ ދެ ފަނޑިޔާރުންގެ ވަކީލުންނަށް ފުރުސަތު ނުދިނުމުން އެ ކަމާ ކަންބޮޑުވާކަމަށް ވެސް ސެޓާތުވައިޓު ވިދާޅުވިއެވެ.އދ.ގެ އެ ބަޔާނުގައިވާ ގޮތުން މި މައްސަލައިގައި އދ.ގެ ޚާއްސަ ރެޕެޓުވާ ގެންދަވަނީ ދިވެހި ސަރުކާރާއެކު މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ