އޮށޯވެ އޮވެގެންވެސް ޤުރްއާން ކިޔެވޭނެ! ނަމަވެސް ރަނގަޅީ އެކަން އާދަނުކުރުން!

އޮށޯވެ އޮވެގެން ޤުރްއާން ކިޔެވުމަކީ ހުއްދަކަމެއްތޯ ގިނަ ބައަކު ސުވާލުކުރެއެވެ.  
ތިރީގައިވާ ލިޔުމުން އެކަމަށް ޖަވާބު ލިވިލައްވާނެއެވެ. އިން ޝާ ﷲ  
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم ، وبعد، 
ޤުރުއާން ކިޔެވުމަކީ ވަރަށް މަތިވެރި އަޅުކަމެކެވެ. ޚަތިމް ހިފައިގެން އޮށޯވެ އޮވެ ކިޔެވުމަކީ ހުއްދަ ކަމެކެވެ. އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހަގެ ކިބައިން ރިވާވެގެނވެއެވެ.((كان النبي صلى الله عليه وسلم يتكئ في حجري و أنا حائض ثمّ يقرأ القرآن))
رواه البخاري(297) ، ومسلم (301)  
މާނައަކީ؛ "ތިމަން ކަމަނާގެ އުނގުފުޅުގައި އޮށޯވެ އޮންނަވައިގެން ޤުރުއާން ކިޔަވައި ވިދާޅުވިއެވެ. އެއީ ތިމަންކަމަނާ ޙައިޟުގެ ދުވަސްވަރުވެސް މެއެވެ." 
އަދި އާލި ޢިމްރާން ސޫރަތުގެ 191 ވަނަ އާޔަތުން އޮށޯވެ އޮވެގެން ޤުރުއާން ކިޔެވިދާނެކަމަށް ދަލީލު ލިބޭކަމށް އިބުނު ރަޖަބު ފަތުޙުލްބާރީގައި ވިދާޅުވެފައިވެއެވެ. "فتح الباري" (1/406) 
އަދި ދަންނަވަމެވެ. މިފަދަ ކަންކަމަކީ ހުއްދަ ކަންތައް ކަމުގައި ވިޔަސް، ހޭލުންތެރިކަން ކުޑަ މުޖުތަމަޢުތަކުގައި މިފަދަކަންތައް ކުރުމުން ޤުރުއާނާއިމެދު މީހުންގެ ހިތްތަކުގައި ޤަދަރުކުޑަވެގެން ހިނގައިދާނެތީވެ، މިބާވަތުގެ ކަންކަން ކުރުމަށްވުރެ ނުކުރުން އެދެވިގެންވަކަމަށް ފެނެއެވެ. والله  أعلم.
(މަޢްލޫމާތު: އެމް ވީ އިސްލާމް ކިޔޫ އޭ.ކޮމް އިން)
 
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ