ޑިއުޓީ ބޮޑުކުރި ފަހުން ބާޒާރުގައި ވަގު ސިނގިރޭޓު އާދަޔާހިލާފަށް އިތުރުވެއްޖެ ޑިއުޓީ ބޮޑުކުރި ފަހުން ބާޒާރުގައި ވަގު ސިނގިރޭޓު އާދަޔާހިލާފަށް އިތުރުވެއްޖެ

ސިނގިރޭޓުން ނަގަމުން އައި ޑިއުޓީ ބޮޑުކުރުމާ ގުޅިގެން އެ ކަމުގެ ނާޖާއިޒު ފައިދާ ނަގައި, ޑިއުޓީ ނުދައްކައި ވަގަށް އެތެރެކޮށްފައިވާ ސިނގިރޭޓު ބާޒާރުގައި އާދަޔާ ހިލާފަށް އިތުރުވެއްޖެ އެވެ.
ރާއްޖެއަށް އެތެރެ ކުރަމުންދާ ވަގު ސިނގިރޭޓު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު އަތުލައިގަންނަނީ އޭގެ ތެރެއިން މަދު މިންވަރެކެވެ. ސިނގިރޭޓު އަތުލައިގަތުމުގެ އިތުރުން ސިނގިރޭޓުން ވައްކަން ކުރުން ވެސް ވަނީ ކުރިއާ އަޅައިބަލާއިރު އިތުރުވެފަ އެވެ.
ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ހިންގަމުންދާ އޮޕަރޭޝަންތަކުން އަތުލައިގަނެވެނީ ރާއްޖޭގެ ބާޒާރަށް އެތެރެކުރަމުންދާ ވަގު ސިނގިރޭޓުގެ ތެރެއިން މަދު މިންވަރެކެވެ.
ދުންފަތުގެ އިސްތިއުމާލުކުރާ ބޮޑު އާބާދީއެއް އޮތުމުން، ދުންފަތަށް ބޮޑު ޑިމާންޑެއް އަދިވެސް އެބައޮތެވެ. ވަގަށް އެތެރެކޮށްގެން ވިއްކަމުން އަންނަ ގިނަ ސިނގިރޭޓުތަކުގެ އަގު, ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓު މަރުކާތަކަށް ވުރެ ބޮޑުތަނުން ކުޑަ އެވެ. އެހެންވެ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން އިހުތިޔާރު ކުރަނީ އެ މަރުކާތަކެވެ.
މިހާރު ވަގަށް ވިއްކަމުންދާ އެއްވެސް ފޮއްޓެއްގައި, ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ލާޒިމުކުރާ ދިވެހިން ލިޔެފައި އޮންނަން ޖެހޭ ސިއްހަތުގެ އިންޒާރާއި ފޮޓޯ ވެސް ނެތް ކަން ފާހަގަކުރެވެ އެވެ.
ދުނިޔޭގެ އެހެން ގައުމުތަކަށް ނަޒަރު ހިންގާލާއިރު އޮސްޓްރޭލިއާގައި ދުންފަތުގެ އަގު ބޮޑުކުރުމާ ގުޅިގެން ގުޅިގެން ދުންފަތުގެ ކަޅު ބާޒާރެއް އުފެދި، ހަރުކަށި "ދުންފަތުގެ ހަނގުރާމައެއް" ފެށި، ޓެކްސްގެ ގޮތުގައި ލިބޭނެ އެތައް ބިލިއަން ރުފިޔާއެއް ގެއްލިފައިވާކަން ދާދިފަހުން ވަނީ ހާމަވެފަ އެވެ.
ދުންފަތުން ބޮޑު ޓެކުހެއް ނެގުމުގެ ސިޔާސަތެއް ކާމިޔާބުކަމާއެކު ތައާރަފުކުރި ހަމައެކަނި ގައުމަކީ ނިއުޒިލެންޑެވެ. އެ ގައުމުން އެކަން ކުރީ 2020 ވަނަ އަހަރު ވޭޕު ހުއްދަ ކުރުމަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ