މަހާރެހެންދީގެ މެޑިކަލްމާފިޔާ: ސަރުކާރު ހޮސްޕިޓަލް ކިޔޫ ކުރެއްނުވާނެ!

ސަރުކާރު ހޮސްޕިޓަލެއްގައި ނޫން އެހެންތަނެއްގައި މަސައްކަތް ނުކުރާ އާއްމު ބަލިތަކުގެ ޑޮކްޓަރުން އެކަށީގެންވާ އަދަދަކަށް ބަލިމީހުން ބަލާ ހިދުމަތް ދެއެވެ. އެހެން ނަމަވެސް ސަރުކާރުގެ ހޮސްޕިޓަލްގެ އިތުރަށް އެހެނިހެން ހޮސްޕިޓަލްތަކާއި ކުލިނިކްތަކުގައި މަސައްކަތްކުރާ އާއްމު ބަަލިތަކުގެ ޑޮކްޓަރަކަށް ސަރުކާރު ހޮސްޕިޓަލްގައި ގިނަވެގެން ދުވާލަކު ބެލޭކަމަށްވަނީ 15 ވަރަކަށް ބަލީމީހުންނެވެ. ސަރުކާރުގެ ހޮސްޕިޓަލްގެ އިތުރަށް އެހެނިހެން ހޮސްޕިޓަލްތަކާއި ކުލިނިކްތަކުގައި މަސައްކަތްކުރާ ސްޕެޝަލިސްޓަކު ސަރުކާރު ހޮސްޕިޓަލްގައި ދުވާލަކު ބަލާ ބަލިމީހުންގެ އަދަދު 15އަށް ނާރައެވެ. 
ވާނީ އެހެންތާއެވެ. ސަރުކާރު ހޮސްޕިޓަލަށް ނިކުމެ "ފިންގާ ޖެހުން" ބަރާބަރިއްޔާ މަހު މުސާރަ ބަރާބަރު ވާނެއެވެ. ސަރުކާރު ހޮސްޕީޓަލްތަކަކީ ޑޮކްޓަރުންގެ އަމިއްލަ ކުލިނިކްތަކާއި ބައިއެޅޭ ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ވިޔަފާރި ހޯދަން ވަންނަ މައި ދޮރާއްޓެވެ. ސަރުކާރު ހޮސްޕިޓަލްގެ ކިއު ދިގުވި ވަރަކަށް ޑޮކްޓަރުންގެ އަމިއްލަ ޖީބަށް ބޯވާނެއެވެ. ކިއުގާ ނުޖެހި އަވަހަށް ހިދުމަތް ހޯދުމަށް ފަސޭހަކޮށް ދިނުމުގެ ނަމުގައި ޑޮކްޓަރ ބަލިމީހާ ފޮނުވާނީ ޑޮކްޓަރަށް ބައިއެޅޭ ކޮންމެވެސް އެހެން ތާކަށެވެ. 
ސަރުކާރު ހޮސްޕިޓަލްގައި ޑޮކްޓަރަށް 10 މީހުން ނުބެލުނަސް ބައިއެޅޭ ތަންތާގައި ތިރީސް ސާޅީސް ވިޔަސް ބެލޭވަރުގެ ހަކަތަ ހުރެއެވެ. ސިކުނޑި ވަރުބަލިވުމުގެ އަސަރުވެސް ނުހުރެއެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ. 
ސަރުކާރުގެ ސިއްހީ ނިޒާމް އޮތީ މެޑިކަލް މާފިޔާގެ މުށުތެރޭގައެވެ. ސިއްހީ ސިޔާސަތު ކަނޑައެޅުމުން ފެށިގެން ބޭސްފަރުވާއާއި ޕްރިވެންޝަންގެ ހުރިހާ ކަމެއްހެން ނިކަން ރަނގަޅަށް އޮތީ މެޑިކަލް މާފިއާގެ ފުރިހަމަ ކޮންޓްރޯލްގައެވެ. ބޭސް އެޕްރޫވް ކުރުމާއި މެޑިކަލް އިކްވިޕްމަންޓްސް ހޯދުމާއި ސަރުކާރު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒްތަކާއި ސިއްހީ ހިދުމަތްދޭ ތަންތާގެ ޕްރޮކިއުމަންޓާއި ހަމައަށް މެޑިކަލް މަފިޔާވަނީ ވަށި ބާލާފައެވެ. 
އާސަންދައެއް އެންސްޕާއެއް ކިޔާނެކަމެއް ނެތެވެ. ކިތަންމެ ވަރަކަށް ރިފޯމްކުރިޔަސް މެޑިކަލް މާފިއާއިން އާސަންދައާއި އެންސްޕާ ދަވާނުލާނެ ގޮތަކީ ނެތްގޮތެކެވެ. ސަރުކާރުގެ ހޮސްޕިޓާތަކާއި ސިއްހީ މަރުކަޒުތަކާއި ކްލިނިކް ތަކާއި ބޭސްފިހާރަތައް ނޫން ތަންތަނުން އާސަންދަ ލިބޭހާ ދުވަހަކު އާސަންދައިގެ ތެރެއަށް މެޑިކަލް މާފިއާ ނުވަންނާނެ ގޮތަކީ ނެތްގޮތެކެވެ.   
އަސްލުގައި އެތައް ދުވަހަކުއްސުރެ ދައުލަތުގެ މުޅި ސިއްހީ ނިޒާމުވަނީ މެޑިކަލް މާފިޔާއިން ހިސޯރުކޮށްފައެވެ. ކުރިއްސުރެ ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ ތެރޭގައި ގާއިމުވެ ހުރި މެޑިކަލް މާފިއާގެ އެއް ތަނބު ފުޑް އެންޑް ޑްރަގް އޮތޯރިޓީ ހިފައިގެން ވަދެހުރީ މިހާރު މުލިއާގޭގައި މަހާ ރެހެންދި ހެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ