ހުވަދޫ ކަނޑުން ގެއްލުނު ދޯނި ފެނިއްޖެ؛ އިންޖީނު ހުއްޓިފައި

ފަސް މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ދޯންޏެއް ހުވަދޫ ކަނޑާ ހިސާބަށް ދިޔަ ފަހުން ގެއްލިގެން ހޯދަނިކޮށް، އެ ދޯނި ރޭ ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ގދ. ގައްދޫން ހުޅުމާލެއަށް ދަތުކުރި 'ބްރިލިއަންޓް ކެރިއާ' މުދާ އުފުލާ ދޯނި ގެއްލުނީ އާދިއްތަ ދުވަހުގެ ރޭ 8 ޖަހާކަށް ހާއިރެވެ. އޭރު އެ ދޯނީގައި ތިބި ފަސް މީހުންގެ ތެރޭގައި ތިން ދިވެހިން އަދި ދެ ބިދޭސީން ހިމެނެ އެވެ.
ތަފްސީލް - އެ ދޯނި ރޭ ފަތިހު 5 ޖަހާކަށް ހާއިރު ލ. އަތޮޅުން ފެނިފައިވާ ކަމަށް ކޯސްޓްގާޑުން ބުނެފެއިވާ ކަމަށް، ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވެ އެވެ.
"ދޯނި ވަނީ އިންޖީނު ހުއްޓިފައި. ދޯންޏަށް ބޭނުންވާ އެހީތެރިކަން ވަނީ ފޯރުކޮށްދީފައި،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ދޯނީގައި ތިބި މީހުންގެ ހާލު ރަނގަޅު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ