މަސްވެރިންނަށް ފަސޭހަކަމާ އެކު ފައިސާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ފިޝަރީޒް މިނިސްޓްރީން މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލްގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި ސޮއިކުރެއްވީ:
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް
ތަފްސީލް - މި އެމްއޯޔޫގެ ދަށުން، މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެ މީހުންގެ އާމްދަނީއަށް ބިނާކޮށް ޕާސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީ ފަސޭހައިން ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެގޮތުން:
ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލާ އަދި އިކުއިޓީ (އަމިއްލައަށް ހަރަދުކުރަންޖެހޭ ފައިސާ) ނުލާ 300,000ރ.އާ ހަމައަށް ޕާސަނަލް ފައިނޭންސިން ލިބޭނެ
މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާ އެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއި ފަސޭހަ ގޮތްތަކެއް ލިބޭނެ
ބުނީ ކީކޭ؟ - "މި އެއްބަސްވުމުގެ މަގްސަދަކީ މަސްވެރިންނަށް ފައިނޭންސް ހޯދުމުގެ ފުރުސަތުތައް ފަހިކޮށް، އިތުރުކޮށްދިނުން. މިގޮތުން މަސްވެރިންނަށް އާމްދަނީ ލިބޭ ގޮތާއި މޫސުމީ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، އެ ފަރާތްތަކުގެ ދިރިއުޅުމަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންވާ މާލީ ހައްލުތައް ފޯރުކޮށްދެވޭނެ،" ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލް އިންޓަނެޓް ބޭންކިން ނުވަތަ މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް ޕާސަނަލް ފައިނޭންސިން އަދި ލުއި ލޯނަށް އެދި ހުށަހެޅޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްއިން މަސްވެރިންނަށް 3 ލައްކައާ ހަމައަށް ފަސޭހައިން ލޯނު ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ