އަގުހުރި އިނާމުތަކާ އެކު އުރީދޫ ނޭޝަން އަލްޓިމޭޓް ގޭމިން ފެސްޓިވަލް ނިންމާލައިފި އުރީދޫގެ ޓެލެކޮމް ތަޖުރިބާ ފެންނަ އާ ކެމްޕެއިނެއް ފަށައިފި އުރީދޫގެ ލަކީ ޑްރޯއިން ހޮވުނު ނަސީބުވެރިން ދޯހާ މެރެތަންއަށް ފުރައިފި އެއަރ އެމްބިއުލާންސް ޚިދުމަތަށް ބޭނުންވާ ޚާއް

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކުރިއަށްދާ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެެރިޔާ ހޮވައިވިއެވެ.
ފުރަތަމަ އުމްރާ ދަތުރުގެ ނަސީބުވެރިޔާއަކަށް އަހުމަދު ސައްދާމް ހޮވިފާ ވާއިރު ކުރިއަށް އޮތް ތަނުގައި 18 އުމްރާ ދަތުރުގެ ނަސީބުވެރިއަކަށް ވުމުގެ ފުރުސަތު އަދިވެސް އުރީދޫ ކަސްޓަމަރުންނަށް އެބަ އޮތެވެ.
މިޕްރޮމޯޝަން އަކީ “ލިވް އަންލިމިޓެޑް ކެމްޕެއިން” ގެ ދަށުން ތައާރަފްކުރި ޕްރޮމޯޝަން އެކެވެ. މި ޕްރޮމޯޝަންގައި ކޮންމެ 20ދުވަހަކުން އުމްރާދަތުރު ލިބޭ ނަސީބުވެރިޔާ އިއުލާން ކުރާނެއެވެ.
މި ޕްރޮމޯޝަން ގެ އެންމެ އަގުހުރި އިނާމް ކަމުގައިވާ ހައްޖުދަތުރުގެ ނަސީބުވެރިޔަކަށް ވުމިގެ ފުރުސަތު ވެސް ހުޅުވާލާފައި ވާއިރު ހައްޖު ދަތުރު ލިބޭފަރާތަށް ލިބެނީ ދެމީހުންގެ ހައްޖުދަތުރެއް ކަމަށް އުރީދޫއިން ބުނެފައިވެއެވެ.
މި ހާއްސަ ޕްރޮމޯޝަންގެ ދަށުން:​
• ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބިގެންދާނެ އެވެ.
• ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
• މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒް އަކީ 2މީހަކަށް ހައްޖު ދަތުރެކެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް :
• އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން.
• އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން.
• ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަރނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވުން.
މި ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ލޮބުވެތި ކަސްޓަމަރުންނާއި، ޚިދުމަތް ދިނުމުގައި ކެނޑިނެޅު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެއްކަން އުރީދޫއިން ފާހަގަކުރެއެވެ.
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: https://ore.do/liveunlimitedޒިޔާރާތްކޮށްލައްވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ