ދިރާގު ތަށިބަރި މޫވްމަންޓް މި ރޯދަމަހުވެސް ފޯރިއާއެކު ކުރިއަށް
ދިވެހިންގެ ތެރޭގައި މަގުބޫލު ދިރާގު ތަށިބަރި މޫވްމަންޓް މި ރޯދަ މަހު ވެސް ފޯރިއާ އެކު ކުރިއަށްދާ ކަމަށް ދިރާގުން މިއަދު ބުނެފި އެވެ.މިއީ ދިވެހީންގެ ތެރޭގައި ކުރީގައި އޮތް އެއް ގެއިން އަނެއް ގެއަށް ތަށިބަރި ފޮނުވުމުގެ އާދަކާދަ ދިރުވުމުގެ މަގުސަދުގައި ފެށި ހަރަކާތެއް ކަމަށް ދިރާގުން ބުނެފައިވެ އެވެ.ދިރާގުން ސިފަކުރި ގޮތުގައި މިހާރު ދިރާގު ތަށިބަރި މޫވްމަންޓް ވެގެން ގޮސްފައިވަނީ ދިވެހީންގެ ތެރޭގައި މަގުބޫލު، މި ހަރަކާތާ ނުލާ ރަމަޟާން މަސް ފުރިހަމަ ނުވާނެ ފަދަ ހަރަކާތަކަށެވެ. އަދި އެހެން ކުންފުނިތަކާ އޮފީސްތަކުން ވެސް ދިރާގުން މި ދެއްކި މިސާލު ބަލައިގަނެ އެ ފަރާތްތަކުގެ އަމިއްލަ ތަށިބަރި ދިނުމުގެ ހަރަކާތްތައް ކުރިއަށް ގެންދާ ކަމަށް ދިރާގުން ބުނެފައިވެ އެވެ.މި ރޯދަ މަހު ދިރާގުގެ ޓީމުތަކުން އަންނަނީ މަގުމައްޗަށް ނުކުމެ، ދިރާގު ތަށިބަރިތައް އާންމުންނަށް ހަދިޔާކުރަމުންނެވެ. މީގެ ތެރޭގައި، އެކި އުމުރުފުރާތަކުގެ މީހުން ހިމެނެ އެވެ.މި ތަށިބަރިތައް ލިބޭ ފަރާތްތަކުން އަންނަނީ މި އާދަކާދަ ދަމަހައްޓައި އެ ތަށިބަރި އެހެން ފަރާތްތަކަށް ފޯރިއާ އެކު ހަދިޔާކުރަމުންނެވެ.ދިރާގުން އަންނަނީ ރަމަޟާން މަހާ ގުޅުވައިގެން އާންމުންނަށް ތަފާތު ހަރަކާތްތަކާއި އަގުހުރި އޮފާތައް ގެނެސްދީ، ދިވެހި ސަގާފަތާއި ކުރީގެ އާދަކާދަތައް ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ