ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވިލިމާލެ ދާއިރާއަށް ވާދަ ކުރައްވަން މުޙައްމަދު އިސްމާއީލް ނިންމަވައިފިއެވެ.
އޭނާ ވަނީ ޕީޕީއެމް/ޕީއެންސީން ބާއްވާ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ހުށަހަޅުއްވައިފައެވެ.
ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު އިސްމާއިލް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލެސިޓީ ވިލިމާލެ ދާއިރާއަށް ވާދަ ކުރެއްވުމަށް ނިންމާފައިވާ ކަމުގައެވެ.
އޭނާ މީގެ ކުރިން، މަޖިލީހުގައި ހޯރަފުށި ދާއިރާ ތަމްސީލު ކުރެއްވިއިރު، އޭނާ އަކީ ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރކަންވެސް ކުރައްވަމުން އަންނަ ބޭފުޅާއެވެ.
އެމްޑީޕީގެ ނިމިގެންދިޔަ ވެރިކަމުގެ ފަސް އަހަރުގައި، ޕީޕީއެމް/ޕީއެންސީގެ މަގުމަތީ ހަރަކާތްތަކުގައި ވެސް، މުޙައްމަދު އިސްމާއީލް ވަރަށް ކުރީ ސަފުގައި ފެނިގެންދިޔައެވެ.
މުޙައްމަދު އިސްމާއީލު މިފަހަރު ވިލިމާލެ ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ