ޢަބްދުއްރަޙީމް އަނެއްކާވެސް، ލ.ފޮނަދޫ ދާއިރާގެ ގޮނޑިއަށް

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލ. ފޮނަދޫ ދާއިރާއަށް ވާދަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެޑްވައިޒަރުގެ މަޤާމުގައި ހުންނެވި ޢަބްދުއްރަޙީމް ހާމަކުރައްވައިފިއެވެ.
ފޭސްބުކާއި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިކަން ހާމަކުރައްވައި، ޕީއެންސީގެ ޗެއާޕާސަން  އެދިވަޑައިގަތީ، ދާއިރާގެ މެމްބަރުންގެ ތާއީދަށެވެ.
”2024 ވަނަ އަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާއަށް ވާދަ ކުރުމަށް އަޅުގަނޑު ނިންމައިފީމެވެ. ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ތައީދު އަޅުގަނޑަށް ދެއްވުމަށް ނުހަނު އިހުލާސްތެރިކަމާާއެކު އެދެމެވެ“ އޭނާ މިއަދު ވިދާޅުވެފައިވެއެވެ.
ޢަބްދުއްރަޙީމް އެންމެ ފުރަތަމަ ފޮނަދޫ ދާއިރާގެ މެމްބަރުކަން ކުރެއްވީ، 2009 ވަނަ އަހަރު ރައީސް ޔާމީން އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ ޓިކެޓުގައެވެ.
އަދި, 2014 ގައި އޭނާ އެ ގޮނޑިއަށް އިންތިޚާބުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ