ގޯލްޑަން ފުޓްސަލް ޗެލެންޖް: ދެ މެޗުން މޮޅުވެ ހޮޅުދޫ އަތޮޅު ފައިނަލަށް ގޯލްޑަން ފުޓްސަލް ޗެލެންޖް: ދެ މެޗުން މޮޅުވެ ހޮޅުދޫ އަތޮޅު ފައިނަލަށް

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގައި ނ އަތޮޅުގައި އިއްޔެ ކުޅުނު މެޗުން މިލަދޫ އަތުން 3-2 އިން މޮޅުވެ، ހޮޅުދޫން ކުޅުނު ދެ ވަނަ މެޗު ވެސް ކާމިޔާބުކޮށް އަތޮޅު ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ނ އަތޮޅުން މި ފަހަރު ތިން ޓީމު ކުޅޭއިރު، އެއް ވަނައިގައި އޮތް ހޮޅުދޫ އަށް ހަ ޕޮއިންޓް އަދި ދެ ވަނައިގައި އޮތް މިލަދޫ އާއި ތިން ވަނައިގައި އޮތް ވެލިދޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ ވެލިދޫ އާއި މިލަދޫ ކުޅެގެންނެވެ. އެއްވަރުވެއްޖެނަމަ، ލަނޑުގެ ތަފާތުން މިލަދޫ ފައިނަލަށް ދަތުުރުކުރާނެ އެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި ބަދަލަކަށް ކުޅެން ނުކުމެ، އަމްދާހު އަލީ ހާފުގެ މެދެއްހާ ހިސާބުން ގޯލު ޖަހައި ހޮޅުދޫ އަށް ލީޑުނަގައިދިނެވެ. ދެ ވަނަ ހާފު ކުުޅުން ފެށިގެން ލަސްތަކެއް ނުވެ، މިލަދޫގެ މުހައްމަދު ނަވީދު ލަނޑު ޖަހައި އެއްވަރުކުރި އެވެ.
މެޗުގައި ދެ ވަނަ ފަހަރަށް ވެސް ހޮޅުދޫ އަށް ލީޑުނަގައިދިނީ އަމްދާހު އެވެ. ލިބުނު ފުރުސަތުގައި އޭނާ ވަނީ ހަމަޖެހިލަައިފައި ގޯލު ޖަހައިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން، މިލަދޫ އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ، އަހުމަދު އިނަފް އަބްދުﷲ އެވެ.
މެޗު ނިމެން ސިކުންތުކޮޅަކަށް ވެފައި ވަނިކޮށް، ހޮޅުދޫ މޮޅުވި ގޯލު ޖެހީ، އަބްދުލް ވަދޫދު އެވެ. މިއީ، އޭނާ . މުބާރާތުގައި ޖެހި ފަސް ވަނަ ގޯލެވެ.
16:00: ހއ. މާރަންދޫ - ހއ. ފިއްލަދޫ
16:00: ހއ. ބާރަށް - ހއ. ކެލާ
17:00: ހއ. ވަށަފަރު - ހއ. އިހަވަންދޫ
17:00: ހއ. ދިއްދޫ - ހއ. އުތީމ
----------------------------------------
20:00: ހދ، ހަނިމާދޫ - ހދ. ފިނޭ
20:00: ހދ. ނޭކުރެންދޫ - ހދ. މަކުނުދޫ
21:00: ހދ. ކުމުންދޫ - ހދ. ނައިވާދޫ
21:00: ހދ. ނޮޅިވަރަން - ހދ. ވައިކަރަދޫ
22:00: މ. ވޭވަށް - މ. ދިއްގަރު
22:00: މ. މުލަކު - މ. މަޑުއްވަރީ
23:00: މ. ނާލާފުށި - މ. ކޮޅުފުށި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ