ގަލޮޅު ގެއަކުން ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިއްޖެ

ގަލޮޅު ގެއަކުން ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ގަލޮޅުގެ ގެއަކުން ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން މިއަދު ހަވީރު 05:02ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި މިމީހާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ނިޔާވެފައިވާ މިމީހަކީ ގ.ފަރެސްލައިޓް އުމުރުން 35 އަހަރުގެ އަލީ ރަޝީދެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ތަހްޤީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ