އެމްޑީޕީ ކައުންސިލް ޕްރައިމަރީ އަންނަ މަހު30ގައި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީ އަަންނަ އަހަރުގެ ޖެނުއަރީ 30 ގައި ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.އެމްޑީޕީން ނިންމާފައި ވަނީ ޕްރައިމަރީ ބާއްވާ ދާއިރާތަކަށް ކުރިމަތިލި ކެންޑިޑޭޓުން ލިސްޓު އަންނަ ހޯމަ ދުވަހު އާންމު ކުރާށެވެ. އަދި ލިސްޓަށް ޝަކުވާ ހުށަހަޅަން 24 ގަޑިއިރުގެ މުހުލަތެއް ދޭނެ އެވެ. އޭގެ ފަހުން ޕްރައިމަރީގައި ވާދަކުރާނެ ކެންޑިޑޭޓުންގެ ލިސްޓު އާންމު ކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ.ޕްރައިމަރީ ބޭއްވުމާ ގުޅޭ ޓައިމްލައިންގައި ބުނީ، ވޯޓުލާ މީހުންގެ ލިސްޓު އާންމު ކުރާނީ އަންނަ އަހަރުގެ ޖެނުއަރީ 8 ގައި ކަމަށެވެ.އެމްޑީޕީއާ ވާދަވެރި، ސަރުކާރު ހިންގާ ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ، މި މަހު27ގަ އެވެ. އެ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ.މި އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މިހާރު ނިންމާފައިވާ ތާރީހަކީ، އެޕްރީލް ހަތަރެކެވެ.އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 30 ގައި ބާއްވާއިރު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕްރައިމަރީ މި މަހުގެ 27 ގައި ބާއްވާނެ ކަން ވަނީ އިއުލާންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ