ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވާން ފަށާނެ ކަމަށް ލަފާކުރެވެނީ އަންނަ ހޮނިހިރު ދުވަހުގެ ފަހުން ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީހު)ން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ކުރަމުންދާތާ މިހާރު ދެ ހަފުތާ ވެއްޖެ އެވެ. ބައެއް ހިސާބުތަކަށް ބޯކޮށްވާރޭ ވެހޭއިރު، ހުރިހާ ސަރަހައްދުތަކަށްހެން ވެސް ކަނޑުގަދަ އެވެ.
ތަފްސީލް - މެޓު އޮފީހުން މިއަދު ބުނި ގޮތުގައި:
މި ހަފުތާގައި ކުރިއަށް އޮތީ ވެސް ވިއްސާރަ
ވިއްސާރަ އަލިވާން ފަށާނީ ހޮނިހިރު ދުވަހުގެ ފަހުން
"އެކަމަކު އެހާތަނަށް ވެސް އެންމެ މަޑެއް ނުވާނެ. ވާރޭވެހުން މަދުކޮށްލައި ކަނޑުތައް މިހާރަށް ވުރެ މަޑުވާނެ،" މެޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.
މިއަދުގެ މޫސުމަށް ބަލާއިރު:
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަކުރާނެ
ވައި އާއްމުކޮށް އުޅެނީ 15-25 މޭލަށް އަދި ވިލާގަނޑުގައި 45 މޭލަށް ގަދަވާނެ
ކަނޑުތައް ގަދަ އަދި ވިލާގަނޑުގައި ވަރަށް ގަދަވާނެ
ރާއްޖޭގެ އުތުރަށް މިވަގުތު އޮތީ ވައިޓް އެލާޓް ނެރެފައި
ބޯކޮށް ވާރޭވެހި ބައެއް ރަށްތަކުގައި ފެންބޮޑުވެ ގެއްލުންތައް ލިބިފައިވެ އެވެ. އެގޮތުން 14 ރަށަކަށް ގެއްލުންވެ، ނެޝަނަލް ޑިޒަސްޓާ މެނޭމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އަށް ވަނީ ރިޕޯޓުކޮށްފަ އެވެ.
މީގެ ތެރެއިން ދިރިއުޅެން ދަތިވާ ވަރަށް ގެއްލުން ލިބިގެން މީހުން ބަދަލު ކުރަން ޖެހުނީ ހަމައެކަނި ހދ. ކުޅުދުއްފުށީގެ ގެއަކުންނެވެ. އާއްމުގޮތެއްގައި ރިޕޯޓުކޮށްފައިވަނީ، ބޯކޮށްވާރޭ ވެހި، ގޭގެއަށް ފެންވަދެ ހިފާ ގެންގުޅޭ ސާމާނާއި އިލެކްޓްރޯނިކް ސާމާނަށް ގެއްލުންވެގެންނެވެ.
ވިއްސާރަ އަލިވާނެ ކަމަށް ލަފާ ކުރެވެނީ ހޮނިހިރުގެ ފަހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ