އައިއޯއެސް 26 އަށް އަޕްގްރޭޑްކުރުމަށް އެޕަލްއިން ބާރުއަޅަނީ

އައިއޯއެސް 18 ބޭނުންކުރާ އައިފޯން ޔޫޒަރުން، އެންމެ ފަހުގެ އޮޕަރޭޓިން ސިސްޓަމް ކަމަށްވާ އައިއޯއެސް 26 އަށް އަޕްގްރޭޑްކުރުމަށް ސޮފްޓްވެއާ އަޕްޑޭޓް ސެޓިންގްސްގައި އެޕަލް ކުންފުނިން އިތުރަށް ބާރުއަޅަން ފަށައިފިއެވެ. މިކަމުގެ މަޤްޞަދަކީ އައިއޯއެސް 26 ބޭނުންކުރާ މީހުންގެ އަދަދު އިތުރުކުރުމެވެ. އައިއޯއެސް 26 ނެރުނު ސެޕްޓެމްބަރު މަހުން ފެށިގެން، މި އަޕްޑޭޓް ފެންނަމުން އައީ ސެޓިންގްސް އެޕްލިކޭޝަންގެ ސޮފްޓްވެއާ އަޕްޑޭޓް ބައިގެ އެންމެ ތިރިން އިޚްތިޔާރީ އަޕްގްރޭޑެއްގެ ގޮތުގައެވެ. އޭގެ ބަދަލުގައި، މިހާރު އައިއޯއެސް 18 ގެ އަޕްޑޭޓްތައް ވަނީ މައިގަނޑު އަޕްޑޭޓްގެ ގޮތުގައި ކުރިއަށް ނެރެފައެވެ. މިއީ ކުރިން އެޕަލް އިން ގެންގުޅުނު އުސޫލެއެއް ނޫނެވެ. ނަމަވެސް، މިހާރު މިކަމަށް ބަދަލު އައިސްފައިވާކަމަށް މައުލޫމާތު ލިބެއެވެ. އައިއޯއެސް 26 އަށް އަޕްގްރޭޑް ނުކޮށް ތިބި އައިއޯއެސް 18 ބޭނުންކުރާ ފަރާތްތަކަށް، މިހާރު ފެންނާނީ އައިއޯއެސް 26.1 އަކީ އެންމެ ރަނގަޅު އަޕްޑޭޓްގެ ގޮތުގައެވެ. އައިއޯއެސް 18 ގެ އަޕްޑޭޓްތައް މިހާރު ވަނީ އެންމެ ތިރިއަށް ބަދަލުކޮށްފައެވެ. https://sun.mv/211510 އެޕަލްއިން މިކަން ކުރަމުންދަނީ އައިއޯއެސް 26 ބޭނުންކުރާ މީހުންގެ އަދަދު އިތުރުކުރުމުގެ މަޤްޞަދުގައެވެ. އައިއޯއެސް 26 ގެ "ލިކުއިޑް ގްލާސް" ޑިޒައިން ބަދަލުތަކުގެ ސަބަބުން ބައެއް ޔޫޒަރުން އަޕްގްރޭޑްކުރުމަށް ފަސްޖެހިފައި ހުރެދާނެކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން، މިފަދަ ޔޫޒަރުން އަޕްގްރޭޑްކުރުމަށް ބާރުއެޅުމަށް އެޕަލްއިން މަސައްކަތްކުރާ ކަމަށް ލަފާކުރެވެއެވެ. އެޕަލްއިން އައިއޯއެސް 15 އިން ފެށިގެން ވަނީ ޔޫޒަރުންނަށް ކުރީގެ އޮޕަރޭޓިން ސިސްޓަމްގައި ތިބުމުގެ އިޚްތިޔާރު ދީފައެވެ. ނަމަވެސް، މިކަން ދާއިމީއެއް ނޫނެވެ. މިވަގުތު އައިއޯއެސް 18 ގައި ތިބޭ ފަރާތްތަކަށް ސެކިއުރިޓީ އަޕްޑޭޓްތައް ލިބެމުންދިޔަ ނަމަވެސް، ކުރިއަށް އޮތް މަސްތަކުގައި އެޕަލްއިން މިކަން ހުއްޓާލާނެކަމަށް ބެލެވެއެވެ. އައިއޯއެސް 26 އަށް އަޕްގްރޭޑްކުރުމަށް ބާރުއެޅުމަށްފަހު، އެޕަލްއިން އައިއޯއެސް 18 ގައި ތިބުމުގެ އިޚްތިޔާރު ނައްތާލާނެކަމަށް ލަފާކުރެވެއެވެ. އޭރުން، ސެކިއުރިޓީ އަޕްޑޭޓްތައް ބޭނުންވާ ފަރާތްތަކަށް އައިއޯއެސް 26 އަށް ބަދަލުވާން މަޖުބޫރުވާނެއެވެ. ނަމަވެސް، އައިއޯއެސް 26 ސަޕޯޓް ނުކުރާ ޑިވައިސްތަކަށް އައިއޯއެސް 18 ގެ އަޕްޑޭޓްތައް ދިނުން އެޕަލްއިން ކުރިއަށް ގެންދާނެއެވެ. އައިއޯއެސް 26 ބޭނުންކުރާ މީހުންގެ އަދަދު އެޕަލްއިން އަދި ހާމަކޮށްފައެއް ނުވެއެވެ. އާންމުކޮށް އައިއޯއެސް ގެ އަދަދުތައް ހާމަކުރަނީ އާ ވާޝަން ނެރޭތާ މަސްތަކެއް ފަހުންނެވެ. އެހެންކަމުން، ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހު މި މައުލޫމާތު ލިބިގެންދާނެކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ