ސަރުކާރު ސްކޫލުތަކުގައި ކިޔަވާ ކުދިންގެ ތެރެއިން ގްރޭޑު ހަތަރަކުން ފެށިގެން މަތީގެ ގްރޭޑުތަކުގެ ހުރިހާ އަންހެން ދަރިވަރުންގެ ރަސްމީ ސްކޫލް ޔުނީފޯމާއި އެކްޓިވިޓީ ޔުނީފޯމާއެކީ ސްކާޓް ލާން ބޭނުން ނަމަ ހަރުވާލު ލާން އެޑިޔުކޭޝަން މިނިސްޓްރީން މަޖުބޫރުކޮށްފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން އެކުލާފައިވާ "ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ ޔުނީފޯމް އުސޫލު" ގައިވާ ގޮތުން، ޔުނީފޯމާއެކީ ސްކާޓު އެކަނި ލެވޭނީ ފައުންޑޭޝަން ސްޓޭޖާއި ކީ ސްޓޭޖު 1 ގެ އަންހެން ދަރިވަރުންނަށް އެކަންޏެވެ. މިއީ ބޭބީ ނާސަރީން ފެށިގެން ގްރޭޑު ތިނަކާ ހަމައަށެވެ.
އަންހެން ދަރިވަރުންނަށް ސްކާޓާ އެކީ ހަރުވާލު ލާން މަޖުބާރުކުރަން ސަރުކާރުން ނިންމިއިރު، މި ރާއްޖޭގައި ސްކޫލްތައް އުފެދުނީއްސުރެން މިއަދާ ހަމައަށް ވެސް ސްކޫލްތަކުގައި ކުދިންގެ ރަސްމީ ޔުނީފޯމަކީ ސްކާޓެކެވެ. އަދި ބުރުގާ އަޅާ ދަރިވަރުންނަށް، ޔުނީފޯމާ އެކީ ހަރުވާޅު ލެވެ އެވެ.
ނަމަވެސް ސަރުކާރުން ވަނީ ޒަމާންވީ ގޮތް ދޫކޮށް، އަންހެން ދަރިވަރުންގެ ރަސްމީ ޔުނީފޯމް އަޅަން ތަފާތު ފަސް އޮޕްޝަނެއް ދީފަ އެވެ. މި އުސޫލަށް އަމަލުކުރަން ފަށަނީ 2027 ގައި ކަމުން، ޔުނީފޯމްތަކަށް ބަދަލު އަންނާނީ އަންނަ ދިރާސީ އަހަރުގެ ކިޔެވުން ނިންމާފަ އެވެ.
އެޑިޔުކޭޝަނުން މި ގޮތަށް މި ބަދަލު ގެނައި ސަބަބެއް ނޭނގެ އެވެ. އެޑިޔުކޭޝަނުން ނެރުނު ސާކިއުލާގައި ބުނެފައި ވަނީ މި ބަދަލުތައް ގެނައި ސްކޫލުތަކުގެ އިސްވެރިންނާ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ. މިއިން އެއްވެސް ކަމެއްގައި ބެލެނިވެރިންގެ ބަހެއް ހޯދި ކަމަކަށް ނެތެވެ.
ސަރުކާރުން ބުނާ ގޮތުގައި ޔުނީފޯމްތަކަށް މި ބަދަލު ގެނައި މައިގަނޑު ބޭނުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ ކުލަތައް އަދި ގައުމީ ކުލަތަކަށް ޔުނީފޯމުތައް ބަދަލުކޮށް، ހުރިހާ ޔުނީފޯމުތަކެއް އެއްގޮތް ކުރުމެވެ.
ގްރޭޑު ހަތަރަކުން މަތީގެ އަންހެން ދަރިވަރުން ސްކާޓާއެކީ ހަރުވާޅު ލާން މަޖުބޫރުކުރަނީ ގްރޭޑު ހަތަރަކުން މަތީގެ އަންހެން ދަރިވަރުން ސްކާޓާއެކީ ހަރުވާޅު ލާން މަޖުބޫރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ