ރައީސް މުޙައްމަދު މުއިއްޒުގެ ސަރުކާރުން އިންޑިއާގައި އެހީއަށް އެދި އާދޭސް ކުރަމުން ދާއިރުވެސް، އިންޑިޔާއާއި ދެކޮޅަށް ޓީވީއަށް މީހުން އަރުވައި ނަފްރަތު އުފެއްދުމަށް ކުރާ މަސައްކަތް ހުއްޓައެއް ނުލައެވެ. ޓީވީ އަށް މީހުން އަރުވަމުން ގެންދަނީ މުއިއްޒުގެ ސަރުކާރު ދިފާޢު ކުރުމަށް މުއިއްޒު އެދިގެން ކަން ދިޔަވަރު ނޫހަށް ވަނީ ކަށަވަރު ކުރެވިފައެވެ.
ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ސަންގު ޓީވީގައި ދެއްކެވި ވާހަކާގައި ބުނެފައިވަނީ “މިހާރު ވަރަށް ގިނަ މީހުން މަރުވަމުން ދަނީ ކޮވިޝީލްޑް ކިޔާ އެއްޗެއް ގެނެސްގެން ދިވެހިންނަށް ދިނީމަ. ޑޮކްޓަރުން ބުނަނީ އޭގެ ސަބަބުން ލޭ ގަނޑުގަނޑުވާ ކަމަށް.” އިންޑިޔާއަށް ނިސްބަތްކޮށް އޭނާ ހާމަ ކުރިއެވެ. އިބްރާހީމް ދީދީއަކީ މިހާރުގެ ހޯމް މިނިސްޓަރުގެ ބައްޕަ ވެސް މެއެވެ.
ނަމަވެސް ރާއްޖޭގައި މިފަދަ ކަމެއް ހިނގާތޯ ބެލުމަށް އެއްވެސް ވަރެއްގެ ދިރާސާއެއް ކުރެވިފައި ނުވެއެވެ. މިއީ އެއްވެސް ޞައްޙަ ދިރާސާއަކުން ސާބިތުވެފައިވާ ކަމެއް ނޫނެވެ. މި ވެކްސިނުގެ ސަބަބުން ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ކޮވިޑް-19 އިން ސަލާމަތްކުރެވުނެވެ. ނަމަވެސް، މުއިއްޒުގެ ސަރުކާރުގެ މެންބަރެއް ބުނަމުން މިދަނީ މި ވެކްސިނުގެ ސަބަބުން ކުއްލި މަރުތައް އިތުރުވެފައިވާ ކަމަށެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން މިފަދަ ނަފްރަތުގެ ވާހަކަތައް ފަތުރަމުންދާއިރު، އަނެއްކޮޅުން އިންޑިއާގެ އެހީތެރިކަމަށް އެދެމުންދާކަން ފާހަގަކުރެވެއެވެ. މިއީ ވަރަށް ބޮޑު ފުށުއެރުމެކެވެ. އެއްފަރާތުން އިންޑިއާއާ ދެކޮޅަށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ހުއްޓާ ނުލައި މަސައްކަތްކުރަމުންދާއިރު، އަނެއްފަރާތުން އިންޑިއާގެ އެހީތެރިކަމަށް އެދެމުންދިޔުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން، މިހާތަނަށް މި މައްސަލައާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ. ކުޑަމިނުން މިއީ ސަރުކާރު ޤަބޫލު ކުރާ ކަމެއްތޯ ނުވަތް ނޫންތޯވެސް ހާމަ ކޮށްފައެއް ނުވެއވެެ. އަދި މިފަދަ ވާހަކަތައް ދައްކަމުންދާއިރު، އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާކަން އެނގިފައެއް ނުވެއެވެ. ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ހަރުދަނާކުރުމަށް މަސައްކަތްކުރަންޖެހޭ ވަގުތެއްގައި މިފަދަ ކަންކަން ހިނގަމުންދާކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ.
ދާދި ފަހުން އިންޑިޔާގައި އާދޭސް ކޮށްގެން 2 ފަހަރު މަތިން 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން އިންޑިޔާއިން ވަނީ ފަސްކޮށްފައެވެ.
އިންޑިޔާގެ އެހީއަށް ބޭނުންވެ ސަރުކާރުން އާދޭސް ކުރާއިރު، އިންޑިޔާއިން ހަދިޔާކުރި ވެކްސިންގެ ސަބަބުން ރައްޔިތުން މަރުވަމުން ދާކަމަށް ބުނެ އިންޑިޔާއާއި ދެކޮޅަށް ނަފްރަތު އުފެެއްދުމުގައި މުއިއްޒުގެ މެމްބަރު ޑީޑީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ